ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތާއި މަރުގެ މައްސަލަތަކަށް އިންސާފު ލިބޭނެ ކަމާމެދު ސުވާލު އުފެދޭ: ވިސާމް

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ މައްސަލައާއި މަރާލާފައި އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ލިބޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އާއި އެ ނޫންވެސް ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފައްްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތައް މަޖިލީހުގެ ގިނަ މެމްބަރުންތަކެއް އަންނަނީ ފާޑުވިދާޅުވަމުންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ދިރާސާކޮށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ސަބް ކޮމިޓީން އެކުލަވާލި ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ކުރި ބަހުސްގައި މެމްބަރު ވިސާމް ވިދާޅުވީ ހިޔާނުގެ މައްސަލަ މީހާބޮޑަށް ލަސްވި ސަބަބުން އެސެޓް ރިކަވަރީ ކޮމިޝަނުން ބަޔާންކޮށްދޭން ޖެހޭ ކަމަށެވެ.

”އޭސީސީން އެބަބުނޭ އެއްބާރުލުންދޭ ވާހަކަ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން އެބަ ބުނޭ އެއްބާރުލުންދޭ ވާހަކަ. ފުލުހުން އެބަބުނޭ އެއްބާރުލުންދޭ ވާހަކަ. ދެން މިކަން ހަގީގަތުގައި ތަހުގީގު ކުރިއަށް ނުގޮސް ނުނިމިގެން މިއުޅެނީ ކީއްވެތޯ އަޅުގަނޑުމެން އެބަޖެހޭ ސުވާލުކުރަން.” ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ މަރުކޮމިޝަނުން ވެސް މަސައްކަތްތަކެއް ކޮށް ރިޕޯޓެއް ނެރެފައިވާ ކަމަށާއި ނަމަވެސް މިއަދާ ހަމައަަށް ވެސް އެ ރިޕޯޓަށް އެޅިގެންދިޔަ ފިޔަވަޅެއް ނެތް ކަމަށެވެ. އެ ކޮމިޝަނަށް ވެސް މިހާތަނަށް އެދެވޭ މަސައްކަތެއް ނުކުރެވޭ ކަމަށާއި ކޮމިޝަންތަކުގައި ތިބި މެމްބަރުން މަގާމުން ދުރުކޮށްގެން ނަމަވެސް އިންސާފުވެރި ކަމާއެކު މައްސަލަތައް ބަލަން ޖެހޭ ކަމަށް ވިސާމް ވިދާޅުވިއެވެ.

”މިއަދު މިހާލަތަށް ދިޔައީ ކޮމިޝަންތަކުން ޒިންމާ އަދާނުކުރެވުމުން. މި ކޮމިޝަންތަކާއެކު ހިޔާނާތާއި މަރުގެ މައްސަލަތަކަށް އިންސާފު ލިބޭނެ ކަމާމެދު ސުވާލު އުފެދޭ. ކޮމިޝަންތަކަށް ބަދަލު ގެނެސްގެންވެސް އަވަސް ތަޙްގީތަކެއް ކުރަންޖެހޭ.” ވިސާމް ވިދާޅުވިއެވެ.

ބޮޑު ޚިޔާނާތުގެ މައްސަލަ ދިރާސާކުރަމުންދާ މަޖިލީހުގެ ކޮމިޓީގެ ރިޕޯޓާއިއެކު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު އާންމު ކޮށްފައިވާއިރު ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންގެ ނަންނަތާއި އެކު ލިސްޓުގައި 119 ފަރާތެއް ހިމެނެއެވެ. ކޮމިޓީން ވަނީ ޚިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ތިބި މީހުން، މަގާމުތަކުން ވަކިކުރަން ވެސް ނިންމާފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތަކެއް ހާމަކުރި ނަަމަވެސް އެ އެންމެންނަކީ ކުށްވެރިން ކަމަށް އަދި ކަނޑައެޅެން ނެތް ކަމަށް ކޮމިޝަންގެ ރައީސް އަހްމަދު އަސްއަދު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އަދި ލިސްޓުގައި ހިމެނޭ މީހުންނަށް ދައުވާ ކުރަން ފޮނުވޭނީ މައްސަލަ ރަނގަޅަށް ތަހުގީގުކޮށް ހޯދާ ހެކިތަކެއްގެ މައްޗަށް ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: