ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަހުގީގު ކުރިއަށްދަނީ ހައްޔަރުކުރި މީހުންގެ އެއްބާރުލުމަށް ބަލައިގެނެއް ނޫން: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދަނީ ހައްޔަރުކުރި މީހުންގެ އެއްބާރުލުމަށް ބަލައިގެނެއް ނޫން ކަމަަށް ފުލުހުން ބުނެފިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން ކުރިން ތިން މީހަކު ފުލުހުންހައްޔަރުކޮށްފައިވެއެވެ. އެއީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދުއެވެ.

މީގެ ތެރެއިން ތަހުމީން އަކީ ބޮން ގޮއްވާލި ސައިކަލުގެ ވެރިފަރާތެވެ. އަދި އަދުހަމަކީ ރައީސް ނަޝީދަށް ދިން ހަމަލާގެ ބޮން ގޮއްވާލި މީހާކަމަށް ފުލުހުން ބުނެފައިވެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ ރޭ ބ. ދަރަވަންދުއިން ހައްޔަރުކުރި މީހާއަކީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅުންހުރި މީހެއްކަމަށެވެ.

ރޭ ދަރަވަންދޫއިން ހައްޔަރުކޮށްފައިވަނީ ލ.ގަން / ދުންފިނި އުފާ، އަހުމަދު ފާތިހު 23އ އެވެ. އެހެންކަމުން ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ ހަތަރު މީހުން ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ މިވަގުތު ތަހުގީގު ބައްޓަން ކުރަނީ ހައްޔަރުގައި ތިބި މީހުންގެ ބަހެއް ހޯދައި އެ މީހުންދޭ އެއްބާރުލުމަކަށް ބަލަައިގެނެއް ނޫން ކަމަށާއި މިވަގުތު ހޯދަމުންދަނީ އެ ފަރާތްތަކާ ގުޅޭ ހެކި ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނު މިހާރު އަންނަނީ ޖަރުމަނުގައި ފަރުވާ ހޯއްދަވަމުންނެވެ. އަދި އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: