ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިޙުގެ ބަންދަށް 15 ދުވަސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި އަޙްމަދު ފާތިޙްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ފާތިހް އްޔަރުކޮށްފައިވަނީ ރޭ ބ. ދަރަވަންދޫއިންނެވެ. ފުލުހުން ބުނީ މާލެ، ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރޭ ބ. ދަރަވަންދޫން ހައްޔަރުކުރި، ލ. ގަން، ދުންފިނިއުފާ، އަޙްމަދު ފާތިޙް (23އ) ގެ ބަންދަށް 15 ދުވަސް ކޯޓުން މިއަދު ވަނީ ދީފައިވާކަމަށެވެ.

އެހެންކަމުން ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ ހަތަރު މީހުން ހައްޔަރު ކޮށްފައެވެ. ދެން ހައްޔަރު ކޮށްފައިވަނީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި މީހާއެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނު މިހާރު އަންނަނީ ޖަރުމަނުގައި ފަރުވާ ހޯއްދަވަމުންނެވެ. އަދި އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިހާރު މައުލޫމާތު ލިބޭގޮތުގައި އޭޑީކޭ ފަޚާނާއިން ފެނުނު ފިސްތޯލައަކީ ބޮޑީގާޑުގެ ފިސްތޯލަ ކަމަށް ވީއިރު ތިހަމަލާގައި ބޮޑީގާޑުގެ ހިއްސާބޮޑުކަމަށް އަޅުގަޑުމެންނަށް ގަބޫލު ކުރެވޭ ތިވަރުގެ ބޮޑީގާޑުން ތިބޭނަމަ ތިވަރުގެ ކިތަންމެ ހާދިސާއަކާއި އަދިވެސްކުރިމަތިވާނެ !!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: