ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ހާލަތު ގޯސްވަމުންދާއިރު، ގައުމުގެ ވެރިން އެކަމާ ކަންބޮޑުވެގެން އުޅޭ ތަނެއް ނުފެނޭ: އުގައިލް

ފްރޮފެސަރ ހަސަން އުގައިލް-
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑްގެ ހާލަތު ދުވަހެއް ދުވަހަކަަށް ގޯސްވަމުން އަންނައިރު ވެސް ސަރުކާރުން އެކަމާ އަަޅާނުލާ ކަމަށް ބުނެ ޕްރޮފެސަރ ހަސަން އުގައިލް ފާޑުވިދާޅުވެއްޖެއެވެ.

އުގެއިލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮވިޑު-19 ގެ ހާލަތު ރާއްޖޭގައި ގޯހުން ގޯހަށް ދާއިރު ގައުމުގެ ވެރިން މިކަމާ ކަންބޮޑުވެގެން އުޅޭ ތަނެއް ނުފެންނަ ކަމަށެވެ.

މި މަހަކީ ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން ހޭދަކުރި 14 މަސް ދުވަހުގެ ތެރޭގައި ހާލަތު އެންމެ ގޯސްވީ ދުވަސްތަކެވެ. ބަލި ޖެހޭ މީހުންގެ އަދަދު ހުރީ އިންތިހާ މަތީގައެވެ. ބަލީގައި މަރުވާ މީހުން ރެކޯޑް އަދަދަކަށް އިތުރެވެ.

އެގޮތުން މެއި މަހުގެ ތެރޭގައި 50 މީހަކު ވަނީ މަރުވެފަ އެވެ. މި މުއްދަތުގައި 24،530 މީހަކަށް ބަލިޖެހިފައިވެ އެވެ. މިއީ ދުވާލަކު 1،000 އަށް ވުރެ މަތީ އަދަދެކެވެ.

ކޮވިޑްގެ ނުރައްކާ ބޮޑުވެފައިވާއިރު ހާލުބޮޑުވެ ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. މިވަގުތުވެސް 294 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. 15 މީހަކު އޮތީ އައިސީޔޫގަ އެވެ. ނުވަ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގަ އެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 76%ވަރަށް ދެރަ 2%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: