ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ހުޅުމާލޭ ފެސިޓީގައި އޮތް ބަލިމީކު ޕެނަޑޯލް ކާޑެއް ހޯދަން ގުޅި”

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ކޮވިޑް ފެސިޓީގައި އޮތް ބަލިމީކު ޕެނަޑޯލް ކާޑެއް ހޯދަން މިއަދު ގުޅި ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލެ ކޮވިޑް ފެސިލިޓީއިން ގިނަ ޢަދަދަކަށް މީހުން މަރުވާ މައްސަލައަކީ ކަންބޮޑުވާކަމެއް ކަމަށާއި ފެސިލިޓީގައި ތިބޭއިރު އަޅާނުލާވާހަކަ ފެސިލިޓީގައިތިބޭ ބަލިމީހުން ގުޅާފައި ބުނަމުންދާ ކަމަަށެވެ.

”އަޅުގަނޑުގެ ރައްޓެއްސެއް މިއަދު އަންހެނުންނަށް ގުޅާފައި ޕެނަޑޯލް ކާޑެއް ފޮނުވާލަދިނުމަށް އެދުނު.” ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިހެން ވިދާޅުވިއިރު މިއަހަރު ފެށުނު ފަހުން ރާއްޖެއިން މި ބައްޔަށް ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ 100 އިން މަތީގައެވެ. ނަމަވެސް މި މަހުގެ ތެރޭގައި އެ އަދަދު 1000 އިން މައްޗަށް އަރާފައިވާއިރު، ރާއްޖޭގައި ކޮވިޑްގެ 22،000 އަށް ވުރެ ގިނަ އެކްޓިވް ކޭސް އެބަ އުޅެއެވެ. އޭގެތެރެއިން 294 މީހަކަ އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އަދި މި ބަލީގައި 129 މީހަކު މިހާތަނަށް ނިޔާވެފައިވާއިރު، މި ބަލީގައި އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވެފައިވަނީ މި މަސް ތެރޭގައެވެ. އެގޮތުން މި މަސްތެރޭގައި 50 އަށް ވުރެ ގިނަ މީހުން މި ބަލީގައި ނިޔާވެފައިވާއިރު، ދުވާލެއްގެ މައްޗަށް އަންނަނީ ދެ ތިން މީހުން ނިޔާވަމުންނެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ޖުމްލަ 70 ރަށެއް މިހާރު ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 71%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: