ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓަނެޓުގެ އަގު މިއަދު ވެސް ހެވެއް ނުވި!

މިނިސްޓާ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ސަރަހައްދުގައި ކޮވިޑުގެ ކޭސްތައް ގިނަވެ، އިތުރު ހަރުކަށި ފިޔަވަޅާއި އެކު މުޅި ދުވަހު ކާފިއު ހިންގަން ފަށާފައިވާތީ އިންޓަނެޓުގެ އަގު އިއުލާނު ކުރުން މަޑުޖައްސާލައިފި އެވެ.

އިންޓަނެޓުގެ އަގުތައް ހެޔޮ ކުރުމަށް ޓެކްނޮލޮޖީގެ ފަރާތުން ނިންމާފައި އޮތީ މިއަދުގެ ހެނދުނަށެވެ. އޭގެ ކުރިން ވެސް ދުވަހެއް ކަނޑައެޅުމަށްފަހު އިއުލާނު ކުރުން ފަސް ކުރީ އެވެ.

އިންޓަނެޓަށް ގެންނާނެ ބަދަލުތަކާއި މެދު ރާއްޖޭގެ ޓެލެކޮމް ކުންފުނިތަކާއި އަދި ކަމާއި ބެހޭ އިދާރާތްތަކާއި އެކު މަޝްވަރާ ބައްދަލުވުންތައް ކުރިޔަށް ގެންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އެ އެބަސްވުން މުރާޖައާ ކުރެވޭނީ، ސަރުކާރުގެ ދައުރު ހަމަވުމަށްފަހު ކަމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

މިއަދު އެ ބަދަލު ގެނައުމަށް ނިންމި ނަމަވެސް، އިންޓަނެޓުގެ އަގަށް ގެންނަ ބަދަލު އިއުލާނު ކުރުން މަޑު ޖައްސާލީ ކޮވިޑުގެ ހާލަތާއި ގުޅިގެންކަމަށް ވެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް “ސަންގު” އަށް ވިދާޅުވީ އިންޓަނެޓުގެ އަގު ހެޔޮ ކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި، އެ ވައުދު ސަރުކާރުން ފުއްދާނެ ކަމަށެވެ. އަދި ހަމައެކަނި އަގު އިއުލާނު ކުރާ ތާރީހަށް ބަދަލެއް އަޔަސް، ހަމަޖެހިފައިވާ އަގުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުން، މިފަދަ އިއުލާނެއް ކުރަން އުޅޭކަން ރައީސް އޮފީހަށް ވެސް ނޭނގެ އެވެ. ޓެކްނޮލޮޖީގެ ބައެއް އިސް ވެރިން ވަނީ، މިއަދުގެ ހެނދުނު އަގުތައް އިއުލާނު ކުރާނެކަން މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ. މިނިސްޓްރީން ހާމަ ކުރި ގަޑި ފަސްވަމުންދާތީ އެކަމާއި ގުޅިގެން މިނިސްޓްރީގެ މީޑީއާ ގްރޫޕުގެ ތެރޭގައި ސުވާލު ކުރުމުން މީޑިއާ އޮފިސަރު ވިދާޅުވީ އަގުތައް އިއުލާނު ކުރާނީ ރައީސް އޮފީހުން ކަމަށެވެ. އެހެން ކަމުން، އެ މައުލޫމާތު ރައީސް އޮފީހަށް ގުޅައިގެން ހޯދަން އޭނާ އެދުނެވެ.

އިންޓަނެޓުގެ އަގު ހެޔޮ ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. އަދި އެ ވައުދު ފުއްދުމަށް އެކި ފަހަރުމަތީން ތާރީހުތައް ދީފައިވާތީ ރައްޔިތުންގެ ނުރުހުން ވެސް ވަނީ އަމާޒުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ވެސް އިންޓަނެޓުގެ އަގު ހެޔޮ ކުރުމަށް މަޝްވަރާތައް ކުރިޔަށްދާކަމަށް ބުނެ އެކަން މަޑު ޖައްސާލީ ކޮވިޑުގެ ސަބަބުންނެވެ.

އިންޓަނެޓަށް ބަދަލު ނުގެނެވި ދުވަސްތައް ދިގުލައިގެންދާއިރު މިނިސްޓްރީންނާއި ސަރުކާރުން ވަނީ އިންޓަނެޓުގެ އަގު ހެޔޮ ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ އެ ބަދަލުތައް ވަރަށް އަވަހަށް ގެންނާނެކަމަށް ބުނެފައެވެ. މަލީހު މިނިސްޓަރު ކަމުން ވަކި ކުރަން ޖެހުނު ސަބަބުތަކުގެ ތެރޭގައި ވެސް އިންޓަނެޓުގެ އަގަށް ބަދަލެއް ނުގެނެވުން ހިމެނެ އެވެ.

ރާއްޖޭގައި މިހާރު ޓެލްކޮމް ހިދުމަތް ދެމުންދަނީ ދެ ކުންފުންޏަކުންނެވެ. އެއީ ދިރާގާއި އުރީދޫއިންނެވެ.

އައިސީޓީ ޑިވެލޮޕްމަންޓް އިންޑެކްސްގެ ނަމުގައި އިންޓަރނޭޝަނަލް ޓެލްކޮމިއުނިކޭޝަން ޔޫނިއަނުން ޢާއްމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން ދެކުނު އޭޝިއާގެ އެންމެ ކުޑަ ޤައުމުކަމަށްވާ ދިވެހިރާއްޖޭގެ އާބާދީގެ 54.46 އިންސައްތަ މީހުން އިންޓަނެޓް ބޭނުންކުރެއެވެ.

ދުނިޔޭގެ ގައުމުތަކުގެ މެދުގައި އިންޓަނެޓު ބޭނުން ކުރާ ގައުމުތަކުގެ ނިސްބަތުން ރާއްޖެއަށް އޮތީ 81 ވަނައިގައެވެ. ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއަކީ ނިސްބަތުން މުވާސަލާތީ ހިދުމަތްތަކުގެ އަގު ބޮޑު ގައުމުކަން ވެސް ދިރާސާތަކުން ދައްކައެވެ. އަދި ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން އެންމެ ގިނަ ޢަދަދެއްގެ ބަޔަކު އިންޓަރނެޓް ބޭނުންކުރާ ގައުމަކީ ރާއްޖެކަމަށްވެސް ރިޕޯޓްތަކުން ދައްކައެވެ.

ވަރަށް ގަދަ
4%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 4%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ދޯހަޅި ކަން އެންގެނީ. ރާވާ ހިންގުން ހުރިގޮތް. އަދު ނޫން މާދަމާ ނުކިޔާ ތައްޔާރު ވެވުނީ މަ ތިކަމާ އުޅުނީ މަ ވީނުން. ޖޯކަކަށް މިކަން ވެސް ނަހަދާ.

  2. ރައީސޫ، ދޮންކަނބުލޯ މިއުޅެނީ ކޮވީޑްގައި މީހުން މަރުވާ ވަރުންނޭ. ބަނޑު ފުރާނަ މުއްތި ނުކުރެވިގެންނޭ
    އިންޓަނެޓޭ، ނެޓްބޯޅައޭ ކިޔާ ދެބޯގެރި ދުއްވަން ލަދުގެ ކަންފުޅެއްވެސް ނެތްދޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: