ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް އިތުރު ތާރީހެއް! އިންޓަނެޓް އަގުހެޔޮ ކުރުން އަންނަ ބުރާސްފައްޗަށް!

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ބޮޑު ރިޔާސީ ވައުދު، އިންޓަނެޓުގެ އަގަށް ގެންނަ ބަދަލުތައް އިއުލާނު ކުރާނެ އެކި ތާރީހުތަކެއް ދިނުމަށްފަހު އެންމެ ފަހުން ބުރާސްފަތި ދުވަހު އަގުތައް އާއްމުކުރާގޮތަށް ނިންމައިފި އެވެ.

ޓެކްނޮލޮޖީ މިނިސްޓްރީން ނިންމާފައި އޮތީ، މިއަދު އެ އަގުތައް އިއުލާނު ކުރުމަށެވެ. އެހެން ނަމަވެސް، ދިމާވި ބައެއް ސަބަބުތަކާއި ހެދި އަގުތައް އިއުލާނު ކުރުން މަޑުޖައްސާލީ އެވެ.

އިންޓަނެޓަށް ގެންނާނެ ބަދަލުތަކާއި މެދު ރާއްޖޭގެ ޓެލެކޮމް ކުންފުނިތަކާއި އަދި ކަމާއި ބެހޭ އިދާރާތްތަކާއި އެކު މަޝްވަރާ ބައްދަލުވުންތައް ކުރިޔަށް ގެންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އެ އެބަސްވުން މުރާޖައާ ކުރެވޭނީ، ސަރުކާރުގެ ދައުރު ހަމަވުމަށްފަހު ކަމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

އަގުތައް މިއަދު އިއުލާނު ނުކުރާނެކަމަށް މީޑިއާތަކުން ރިޕޯޓު ކުުރުމުން އާއްމުން ނުރުހުން ފާޅުކުރަމުން ދަނިކޮށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޓަނެޓުގެ ހިދުމަތާއި ގުޅޭ ސަރުކާރުގެ އާ ސިޔާސަތުތައް އަންނަ ބުރާސްފަތި ދުވަހު އިއުލާނު ކުުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުން އިންޓަނެޓުގެ އަގުތައް ހެޔޮ ކުރުމަށް ނިންމާފައިވަނީ، އިތުރު ކުންފުންޏަކަށް އޮަޕަރޭޓަރުންގެ ގޮތުގައި ފުރުސަތު ނުދޭ ގޮތަށެވެ. ސަރުކާރުން މި އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި، ރާއްޖޭގައި އިތުރު ކުންފުންޏަކަށް ޓެލެކޮމްގެ ހިދުމަތް ދޭން ހުޅުވާލުން ހިމެނެ އެވެ. އޭރު ކުރި މަޝްވަރާތަކުގައި ވާހަކަތައް ދެކެވުނީ، އިންޓަނެޓަށް ބަދަލުތަކެއް ގެނެވޭނީ ވާދަވެރިކަން އުފެދި އިތުރު ކުންފުނިތަކަށް ފުރުސަތުތައް ދެވިގެން ކަމަށެވެ. އެކަމުގެ ބައްދަލުވުންތައް ކުރީގެ މިނިސްޓަރު މަލީހު މުހައްމަދު ޖަމާލު ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.

ސަރުކާރުން މި އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި، ޓެލެކޮމް ލައިސަންސަށް ގެންނަ ބަދަލާއި ފުރިކުއެންސީ ސްޕެކްޓަމް ޗާޖެއް ނަގަން ނިންމާފައި ވެއެވެ.

އިންޓަނެޓަށް ބަދަލު ނުގެނެވި ދުވަސްތައް ދިގުލައިގެންދާއިރު މިނިސްޓްރީންނާއި ސަރުކާރުން ވަނީ އިންޓަނެޓުގެ އަގު ހެޔޮ ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ އެ ބަދަލުތައް ވަރަށް އަވަހަށް ގެންނާނެކަމަށް ބުނެފައެވެ. މަލީހު މިނިސްޓަރު ކަމުން ވަކި ކުރަން ޖެހުނު ސަބަބުތަކުގެ ތެރޭގައި ވެސް އިންޓަނެޓުގެ އަގަށް ބަދަލެއް ނުގެނެވުން ހިމެނެ އެވެ.

އިންޓަނެޓަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައި ވަނީ، 30 ޖީބީ 5 އެމްބީޕީއެސްގެ ސްޕީޑުގައި 250 ރުފިޔާ، 100 ޖީބީ 15 އެމްބީޕީއެސްގެ ސްޕީޑުގައި 500 ރުފިޔާއަށް އަދި 200 ޖީބީ 25 އެމްބީޕީއެސްގެ ސްޕީޑުގައި 750 ރުފިޔާއަށެވެ.

ރާއްޖޭގައި މިހާރު ޓެލްކޮމް ހިދުމަތް ދެމުންދަނީ ދެ ކުންފުންޏަކުންނެވެ. އެއީ ދިރާގާއި އުރީދޫއިންނެވެ.

އައިސީޓީ ޑިވެލޮޕްމަންޓް އިންޑެކްސްގެ ނަމުގައި އިންޓަރނޭޝަނަލް ޓެލްކޮމިއުނިކޭޝަން ޔޫނިއަނުން ޢާއްމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން ދެކުނު އޭޝިއާގެ އެންމެ ކުޑަ ޤައުމުކަމަށްވާ ދިވެހިރާއްޖޭގެ އާބާދީގެ 54.46 އިންސައްތަ މީހުން އިންޓަނެޓް ބޭނުންކުރެއެވެ.

ދުނިޔޭގެ ގައުމުތަކުގެ މެދުގައި އިންޓަނެޓު ބޭނުން ކުރާ ގައުމުތަކުގެ ނިސްބަތުން ރާއްޖެއަށް އޮތީ 81 ވަނައިގައެވެ. ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއަކީ ނިސްބަތުން މުވާސަލާތީ ހިދުމަތްތަކުގެ އަގު ބޮޑު ގައުމުކަން ވެސް ދިރާސާތަކުން ދައްކައެވެ. އަދި ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން އެންމެ ގިނަ ޢަދަދެއްގެ ބަޔަކު އިންޓަރނެޓް ބޭނުންކުރާ ގައުމަކީ ރާއްޖެކަމަށްވެސް ރިޕޯޓްތަކުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: