ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރެއްގެ މަގާމަށް ނިޔާޒް!

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރަކަށް އައްޔަން ކުރި ނިޔާޒް/ ފޮޓޯ: އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް ހުސައިން ނިޔާޒު އައްޔަނު ކޮށްފި އެވެ.

ނިޔާޒް އުރީދޫގައި މަސައްކަތް ކުރަން ފެށީ މީގެ 16 އަހަރު ކުރިންނެވެ. އަދި އޭނާ ވަނީ އުރީދޫގެ މެނޭޖާ ނެޓްވޯކް ޕްލޭނިން އެންޑް އޮޕްޓިމައިޒޭޝަންގެ މަގާމާއި ހެޑް އޮފް ނެޓްވޯކްސް އާއި ހެޑް އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަންގެ މަގާމު އަދާކޮށްފަ އެވެ.

އުރީދޫއިން ބުނީ، ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ، ދިވެހިންނަށް ފުރުސަތުތައް ފަހިކޮށްދީ އިސް މަގާމުތަކަށް އައުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ނިޔާޒް އެ މަގާމަށް އައްޔަން ކުރުމާއި ގުޅޭގޮތުން އުރީދޫ މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް ފައިނޭންޝަލް އޮފިސަރު، މިސްޓަރ ނަޖީބް ޚާން ވިދާޅުވީ، މީގެ 16 އަހަރު ކުރިން، ކުންފުންޏާއި ގުޅުނު ނިޔާޒަކީ އުރީދޫގެ ނެޓްވޯކް އެޅުމުގެ އެންމެ ފުރަތަމަ މަރުހަލާފައި ވެސް ހަރަކާތްތެރިވެ ކުންފުނީގެ ކުރިއެރުމަށް މަސައްކަތް ކުރި ފަރާތެއް ކަމަށެވެ.

“ނިޔާޒު އުރީދޫ މޯލްޑިވްސްގައި ކޮށްފައިވާ ދަތުރަކީ ވަރަށް އިންސްޕަޔަރިންގ ދަތުރެއްކަމުގައާއި، އަޅުގަނޑުމެން އެންމެން އޭނާ ހޯދާފައިވާ ކުރިއެރުމާމެދު ފަޚުރުވެރިވާކަން ފާހަގަކޮށްލަން. ޓެކްނިކަލް އަދި ކޮމްޝަލް ދާއިރާގައި ހުސައިން ނިޔާޒުއަށް ލިބިފައިވާ ގިނަގުނަ ތަޖުރިބާތަކާއެކު، ކުންފުންޏަށް އިތުރު ކުރިއެރުން ހޯދައިދީ، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދޭނެކަން ޔަގީން،” ނަޖީބް ޚާން

އުރީދޫ މޯލްޑިވްސްއާ ގުޅުމުގެ ކުރިން، ނިޔާޒު ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޮމިއުނިކޭޝަންސް، އިލެކްޓްރޯނިކްސް އެންޑް އައިޓީ ޑިޕާޓްމަންޓްގައި 12 އަހަރު ދުވަހު މަސައްކަތްކޮށްފައެވެ. ނިޔާޒު ވަނީ ޓެލެކޮމް މެނޭޖްމަންޓް އިން އެގްޒެކެޓިވް މާސްޓާސް ހާސިލުކޮށް، ފޯޓް ގޯޑަން ޔުނައިޓެޑް ސްޓޭޓްސް އާރމީ އިން އިލެކްޓްރޯނިކްސާ އެންޑް ކޮމިއުނިކޭޝަންސްގެ ދާއިރާއިން ތަމްރީނު ހާސިލުކޮށްފައެވެ.

މީގެ އިތުރުން، އޭނާ ވަނީ ސިންގަޕޫރުގެ ސެންޓަރ ފޮރ ކާރިއޭޓިވް ލީޑަރޝިޕް އިން ލީޑަރޝިޕް ޑިވެލޮޕްމަންޓް ޓްރެއިނިންގ ހަދައި، އުރީދޫ ގްރޫޕް އިން އިންސްޓިޓިއުޓް ފޮރ މެނޭޖްމަންޓް ޑިވެލޮޕްމަންޓް (އައިއެމްޑީ) އާއެކު ހަދާފައިވާ ޕާޓްނަރޝިޕްގެ ދަށުން ހިންގާފައިވާ އުރީދޫ ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމު ވެސް ފުރިހަމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: