ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެސިލިޓީގައި އޮތް މީހާއަށް އަނިޔާކުރި މީހާ ހައްޔަރު ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި (އެޗްއެމްއެފް) އޮތް ބަލި މީހަކަށް އަނިޔާކުރި ބިދޭސީ މީހާ ހައްޔަރުކޮށްފިއެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހަކަށް ބިދޭސީ އެހީތެރިޔަކު އިހާނެތިކޮށް ހިތާ ހިތާ މަންޒަރެވެ. އެގޮތުން އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ބިދޭސީ މީހާ އެ ބަލި މީހާގެ ގައިގައި ޖެހިތަން ވެސް ފެނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ ހުށަހަޅާފައިވަނީ މިއަދު ހަވީރު 4:30 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީން ކަމަށާއި މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، އަނިޔާކުރީ ބަލިމީހާގެ ކަންކަން ބެލުމަށް އާއިލާއިން ހަމަޖެއްސި މީހެއް ކަމަށެވެ. އަދި އެމީހާ އެތަނުން ދުރުކޮށް، އާއިލާއަށް އެކަން އަންގާފައިވާކަމަށް މަބްރޫކު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: