ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން ދިނީ، ނެޓު ހެޔޮކުރުމުގައި ސަރުކާރަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން!

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދ/މިއަދު ކުރިޔަށް ގެންދިޔަ ރަސްމިއްޔާތުގެ
ޝެއާރކޮށްލާ ކަހަލަދޯ؟

މުވާސަލާތީ ހިދުމަތްތައް ފުޅާކޮށް، އިންޓަނެޓުގެ އަގުތައް ހެޔޮ ކުރުމުގައި ސަރުކާރުން ކުރާ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށް ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވެއްޖެ އެވެ.

އިންޓަނެޓްގެ އަގަށް ގެންނަ ބަދަލުތައް އިއުލާންކުރަން މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި ވެއެވެ. އިންޓަނެޓުގެ އަގަށް ގެނައި ހެޔޮ ބަދަލަކީ އަންނަ ޖުލައި މަހުން ފެށިގެން ބްރޯޑްބޭންޑްގެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސް ކަމަށް ކަނޑައެޅުމެވެ. ސަރުކާރުން އިއުލާނު ކުރި ގޮތަށް، މި ބަދަލުތަށް ތަންފީޒު ކުރަން ފަށާއިރު އިންޓަނެޓުގެ އަގުތައް 28-30 އިންސައްތަ ހެޔޮ ވާނެއެވެ. މި މަސައްކަތް އެކީ ނިންމާލާއިރު، ކުރިޔަށް އޮތް ތަނުގައި އެ އިންސައްތަ 60 އިންސައްތަ ދަށްވެގެން ދާނެ އެވެ.

ފިކްސްޑް ބްރޯޑްބޭންޑުގެ އިތުރުން މޯބައިލް އިންޓަނެޓު ޕްލޭންތަކަށް ވެސް މިއަދު ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ދިރާގާއި އުރީދޫން ދެމުންދާ މޯބައިލް އިންޓަނެޓުގެ ޕްލޭންތަކަށް ލިބޭ ޑޭޓާ އެލަވަންސް ވަނީ އިތުރުކޮށްދީފަ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ މުވާސަލާތީ ހިދުމަތްތަކާއި ގުޅޭގޮތުން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ކަމަށެވެ. އަދި ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި، ސަރުކާރުގެ ކަމާއި ބެހޭ އިދާރާތްތަކާއި އެކު އެކި ލެވެލްގައި މަޝްވަރާތަކެއް ކުރެވި، ބައްދަލުވުންތައް ކުރިޔަށް ގެންދެވިފައިވާނެކަން އޭނާ ފާހަގަ ކުރިއެވެ.

އިސްމާއިލް ވިދާޅުވީ ރާއްޖޭގެ މުވާސަލާތީ ހިދުމަތްތައް ހަރުދަނާކޮށް، އިންޓަނެޓުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރާއި، ރައީސް އޮފީހުގެ ޕޮލިސީ ސެކްޝަނުން ކުރީ އިހުލާސްތެރި މަސައްކަތެއް ކަމަށެވެ.

ދިރިއުޅުމާއި އިންޓަނެޓާއި ގުޅުފައިވާއިރު ރާއްޖެފަދަ ކުދި ޖަޒީރާ ރަށްތަކަށް ބެހިފައިވާ ގައުމެއްގައި ތަރައްގީއާއި ކުރިއެރުމަށް ރަނގަޅު އިންޓަނެޓެއް ބޭނުންވާކަމަށް އިސްމާއިލް ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރުން މި ގެނައި ބަދަލާއި އެކު ޖުލައި މަހުން ފެށިގެން ދިރާގުގެ ފިކްސްބްރޯޑްބޭންޑްސްތަކަށް އަދި އޮކްޓޯބަރުން ފެށިގެން ދިރާގުގެ މޯބައިލް ޕްލޭންތަކަށް އެއްބަސްވުމާއި އެއްގޮތަށް ބަދަލު ކުރެވޭނެކަމަށް އިސްމާއިލް ވިދާޅުވި އެވެ.

“ދިރާގުން ވަނީ ރާއްޖޭގޭ މުވާސަލާތީ ހިދުމަތުގެ ބިންގާ އަޅާ ބޮޑެތި އިންވެސްޓުމެންޓުތަކަކާއި އެކު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މުވާސަލާތީ ވިއުއަކުން ގުޅުވާލަދީފައި. މިގޮތުން މިހާރު މިވަނީ މިހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގުގެ 3 ޖީ، އަދި 4 ޖީ މޯބައިލް ބްރޯޑްބޭންޑުގެ ހިދުމަތް ދެވިފައި.. އޭގެ އިތުރުން މިހާތަނަށް ރާއްޖޭގެ 80 ޕަސަންޓު ހައި ސްޕީޑު ފައިބާރ ބްރޯޑްބްރޭންޑުގެ ހިދުމަތް ވެސް ވަނީ ދެވިފައި” އިސްމާއިލް ރަޝީދު

އިސްމާއިލް ވިދާޅުވީ، ދިރާގުން މިހާރުވެސް މަސައްކަތް ކުރަމުން ދަނީ އިތުރު ރަށްތަކަކަށް މި ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އެހެން ނަމަވެސް، ހިދުމަތްތަކަށް ފުޅާކޮށް، ރާއްޖެއާއި ބޭރު ދުނިޔޭގެ އެހެން ގައުމުތަކާއި ގުޅުވާލުމަށް ކުރަންޖެހޭ ހަރަދުތައް އެއީ ދިމާވާ އެންމެ ބޮޑު އެއް ދައްޗެއްގެ ގޮތުގައި އިސްމާއިލް ފާހަގަ ކުރިއެވެ. އަދި ރާއްޖޭގައި ހިދުމަތްތަކުގެ ފެންވަރު ތަރައްގީކޮށް، ދެމެހެއްޓެނެވި ގޮތެއްގައި އެ ބޭނުން ކުރުމަށް ކުރަންޖެހެނީ އެހެން ގައުމުތަކާއި އަޅާ ބަލާ ބޮޑު ހަރަދެއް ކަމަށެވެ.

އިސްމާއިލް ވަނީ، ރާއްޖެ ޑިޖިޓަލް ރާއްޖެއަކާއި ހަމައަށް ވާސިލްކުރުމުގައި ދިރާގުން އަބަދުވެސް މަސައްކަތް ކުރާނެކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން މި ހިދުމަތްތައް ފުޅާކޮށް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: