ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ގޮތް ނޭނގޭ މަރުތަކެއް ހިނގަމުންދާ ކަމުގެ ތުހުމަތު!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއަށް ފަހު، ގޮތް ނޭނގޭ މަރުތަކެއް ހިނގަމުންދާކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

މި މަހުގެ 06 ގައި ރައީސް ނަޝީދު އަވަހާރުމަށް އައިއީޑީއެއް ގޮއްވާލުމާއި ގުޅިގެން އެމަނިކުފާނަށް ލިބުނު ސީރިއަސް އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ގިނަ ސާޖަރީތަކެއް ކުރަން ޖެހުނެވެ. އަދި މިވަގުތު އިތުރު ފަރުވާއަށް ރައީސް ނަޝީދު ހުންނެވީ ޖަރުމަންވިލާތުގަ އެވެ.

މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން ފުލުހުން ބުނީ، މިހާތަނަށް ހައްޔަރު ކުރި 04 މީހުންނަކީ ވެސް ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ކަމަށެވެ. ރައީސް ނަޝީދަށް ހަމަލާއެއް ދިނުމުގައި އެ މީހުންގެ މަގްސަދަކީ ކޮބައިތޯ ތަހުގީގަށް ހޯދާނެކަމަށް ފުލުހުން ބުނެފައި ވެއެވެ.

ރައީސް ނަޝީދަށް ދިން މި ހަމަލާއަކީ، ގިނަ ދުވަސްތަކެއް ވަންދެން އެމަނިކުފާނަށް ފާރަލައި ރޭވި ހަމަލާއެއްކަމަށް ބެލެވެއެވެ. އަދި، އެ ހަމަލާގެ އެއްވެސް މައުލޫމާތެއް އިންޓެލްއަށް ލިބިނުވާކަމަށް ފުލުހުން ބުނުމުން، އިންޓާނަލް އޮޑިޓެއް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

މި ހަމަލާއާއި ގުޅިގެން އެމްޑީޕީގެ އޮފީހުގައި މިރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، ރައީސް ނަޝީދުގެ ފުރާނަ ދުއްވާލުމަށް ބަޔަކު މަސައްކަތް ކުރި ހާދިސާއަށް ފަހު މިވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި އެ ހަމަލާއާއި ގުޅެ މަރުތަކެއް ހިނގައި ގޮސްފައިވާ ކަމަށެވެ. އަދި އެފަދަ މަރުތަކާއި ގުޅިގެން، އެކި މީހުން ގުޅައި އެ މަރާއި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުމެއް އޮވެދާނެކަމަށް ބުނެ ވާހަކަ ދައްކާ ކަމަށެވެ.

ޝިފާޒް ވިދާޅުވީ، މި ހަމަލާއާއި ގުޅުވާ އެކި ގޮތް ގޮތުން ވާހަކަތައް ދެކެވޭއިރު ތަހުގީގު ނުނިމެނީސް އެ ވާހަކަތައް ދެއްކުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، ތަހުގީގު ކުރިޔަށްދާއިރު ހިދިސާއަށް ފަހު އޭގެ ފަހުން ހިނގައިދިޔަ ކަންކަން ބެލުން މުހިންމުކަމަށް ދެކޭކަމަށް ޝިފާޒް ވިދާޅުވިއެވެ.

“އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެއް ވާހަކައެއް އެއީ، ރައީސް ނަޝީދުގެ ފުރާނަ ހިފުމަށް އެ ދެވުނު ހަމަލައަށްފަހު މިދިޔަ ދުވަސްތަކުގެ ތެރޭގައި އެކި މަރުތައް ހިނގައި ގޮއްސި… އިވޭ އަޑުތައް އެކި ދިމަދިމާލުން… ބައެއް ބޭފުޅުން އަޅުގަނޑަށް ގުޅާފަ ވެސް މިއީ މިއާއި ގުޅުން ހުރިކަމެއް ބާއޭ… ނޫން ބާއޭ… ސުވާލުތައް ކުރަމުންދާތީ ވެ… ތަހުގީގު ކުރައްވާ ބޭފުޅުން ވަށައިގެން މި ހިނގާ ކަންކަމަށް ރިއާޔަތް ކުރުން މުހިންމުކަމަށް އަޅުގަނޑު ދެކެން” ޝިފާޒް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން މަންފާ ލިބުނު މީހުންގެ ލިސްޓު އާއްމު ކުރަންޖެހޭކަމަށް ރައީސް ނަޝީދު ވަކާލާތު ކުރައްވަން ފެށި ހިސާބުން އެމަނިކުފާނަށާއި ޕާޓީއަށް އަމާޒުކޮށް އެކި ބޭފުޅުން ދެއްކެވި ވާހަކަތައް ސޯޝަލް މީޑިއާއިން ފެންނަން ހުންނާނެކަން ޝިފާޒް ފާހަގަ ކުރެއްވިއެވެ. މިއީ ތަހުގީގު މަރުހަލާގެ ތެރޭގައި، ފުލުހުން ބަލަންޖެހޭނެ ކަމެއްގެ ގޮތުގައި ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ، ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުން ނޫން އިތުރު މުހިންމު މަސައްކަތެއް މިވަގުތު ޕާޓީއަށް ނެތްކަމަށާއި، މި ހަމަލާއަށް ފަންޑު ކުރި މީހުންނާއި ހަމައަށް ނުދެވެނީސް މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

މި ހަމަލާގެ މައުލޫމާތު ލިބިފައި ނެތްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވުމުން، އޭނާގެ މައްޗަށް ބައެއް މެމްބަރުން ކުރާ ތުހުމަތުތަކަށް މިރޭ، ލީޑާޝިޕުން ސީދާ ޖަވާބެއް ނުދެއްވި އެވެ. އަދި ވިދާޅުވީ އިންކުއަރީގެ މަސައްކަތް ކުރިޔަށްދާއިރު އެފަދަ އެއްވެސް މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ތަހުގީގު ކުރަން މި ސަރުކާރުން ނޫޅޭކަމަށް ބުނެ، އެމްޑީޕީގެ ބައެއް މެމްބަރުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުކިޔަމުންނެވެ.

ވަރަށް ގަދަ
9%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 62%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 6%ވަރަށް ދެރަ 12%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: