ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހިގެން 47 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް ޖެހިގެން 47 އަހަރުގެ މީހަކު މިއަދު މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުން ދިޔަ މީހެކެވެ.

މިއީ މިއަދު މި ބަލީގައި މަރުވި ދެވަނަ މީހާ އެވެ. އަދި ރާއްޖެއިން މިހާތަނަށް މި ބަލީގައި މަރުވި 153 ވަނަ މީހާ އެވެ. މިއަދު މި ބަލީގައި ފުރަތަމަ މަރުވީ ވެސް އެ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 54 އަހަރުގެ ފިރިހެނެކެވެ.

މި ބަލީގައި އިއްޔެ ރާއްޖެއިން ވަނީ ތިން މީހަކު މަރުވެފައެވެ. އެއީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނަކާއި އައިޖީއެމްއެޗް އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން އައި 79 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން ގއ.ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 67 އަހަރުގެ ފިރިހެނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: