ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ކޮންސިއުލޭޓު ފޭދޫގައި ހުޅުވުމަށް ނިހާދު ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ކޮންސުލޭޓް އޮފީސް ފޭދޫގައި ހުޅުވުމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ގޮވާލައިފިއެވެ.

ނިހާދު މިހެން ވިދާޅުވެފައި މިވަނީ އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވުމަށް އެ ގައުމުގެ ކެބިނެޓުން ނިންމާ އެކަން ރަސްމީކޮށް އިއުލާން ކޮށްފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން ނިހާދު ކުރެއްވި ޓްވީޓްގައި ވަނީ އިންޑިއާ އަކީ ޒަމާންވީ އެކުވެރިއެއް ކަމަށާއި އެހީތެރިކަމަށް އެދޭ ކޮންމެ ހާލަތެއްގައި އެންމެ ގާތުން އެހީވާ އަވަށްޓެރިޔާ ކަމަށް ވިދާޅުވެފައެވެ. އަދި އިންޑިއާ ގެ ކޮންސުލޭޓް އޮފީހެއް އައްޑޫ ސިޓީގައި ހުޅުވިގެން ދިއުން ވާނީ ދެކުނުގެ ހުރިހައި ރައްޔިތުންނަށް ލިބިގެން ދާނޭ ވަރަށްބޮޑު ފަސޭހަ އަކަށް ކަމަށް ވެސް ނިހާދު ވިދާޅުވެފައިވެއެވެ.

އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހަދަން އިންޑިއާ ސަރުކާރުން ނިންމި ނަމަވެސް ދިވެހި ސަރުކާރާއެކު މިހާތަނަށް އެކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ގައުމު ތަކުގެ މެދުގައި ހުންނަ ޑިޕްލޮމެޓިކް ގުޅުންތަކުގެ ތެރެއިން އެއް ގައުމުން އަނެއް ގައުމަށް ހުށަހަޅާ ކަންތައްތަކެއް ފުރިހަމަ ކުރުމަށްޓަކައި ދެކެވެންޖެހޭ ވާހަކަތަކެއް ދެކެވޭނެ ކަމަށެވެ. އިންޑިއާގެ ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަނެއް ހުންނައިރު އެ ގައުމުގެ ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް ހަދާފައިވާ ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިތަނުގެ އަމާންކަން ގެއްލުވައިލާ ލޭއޮހޮރުވަން ޖާގަ ނުދެމާ ، ނުވިސްނައިފި ނަމަ މިޤަޢުމުގެ މިނިވަކަން މިހާރުގެއްލެނީ މި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: