ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގައި މިއަދު 3 ވަނަ މީހަކު މަރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އަށް ފަރުވާދެމުން އައި އިތުރު މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން އައި ޢުމުރުން 69 އަހަރުގެ ދިވެހި އަންހެނެއް މަރުވެފައިވާ ކަމަށެވެ. މިއީ މިއަދު މަރުވި ތިން ވަނަ މީހާއެވެ.

އެންމެ ފުރަތަމަ މަރުވެފައިވަނީ ރޭ މެންދަމު 02:15ގައި ޢުމުރުން 54 އަހަރުގެ ފިރިހެނެކެވެ. އަދި ދެވަނައަށް މަރުވެފައި ވަނީ ފަތިހު 05:55 ހާއިރު އުމުރުން 47 އަހަރުގެ ފިރިހެނެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ ޢަދަދު ވަނީ 154އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 138 ދިވެހިންނާއި 16 ބިދޭސީންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: