ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލައިން ސުކޫލް މައްސަލައަށް އަވަހަށް ލިބޭނެ ކަމުގެ އުންމީދެއް ނެތް. އިގުތިސާދު އޮތީ ވަރަށް ދަށުގައި!

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ--
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގެ މައްސަލައަށް އޮތް ހައްލަކީ އައު ފްލައިން ސުކޫލެއް ހުޅުވުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގައި މިއަދު ވާހަކަދައްކަމުން ނަހުލާ ވިދާޅުވީ އައު ފްލައިން ސްކޫލެއް ގާއިމްކުރުމަށް ތިން ފަރާތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށާއި އެއީ ވިލާ، އައިލެންޑް އޭވިއޭޝަން އަދި ޗެކްރިޕަބްލިކުގެ ކުންފުންޏެއް ކަމަށެވެ. މީގެއިތުރުން ނަހުލާގެ ވާހަކައިގައި ވަނީ  ފްލައިން ސްކޫލެއް ގާއިމްކުރުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް އެބައޮތް ކަން ފާހަގަކުރައްވައި، އެހެންނަމަވެސް ނުރައްކާތެރި ކޮވިޑް 19ގެ ސަބަބުން މިދުވަސްވަރަކީ އިގްތިސާދު ވަރަށް ދަށްވެފައިވާ ދުވަސްވަރަކަށް ވާތީ އައު ފްލައިން ސުކޫލެއް ހުޅުވޭނެ ވަކި ތާރީހެއް ދަންނަވަން ނޭނގޭ ކަމަށްވެސް ވިދާޅުވެފައެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން އާންމުކޮށްފައިވާ ފްލައިން ސްކޫލާ ބެހޭ ގަވާއިދުތަކަކީ އިންޓްނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ މިންގަނޑުތަކަށް ފެތޭ، ސަލާމަތީ ކަންކަން ބެލެހެއްޓުމާ ބެހޭ ގަވާއިދުތަކެއްކަން ފާހަގަކުރައްވައި ނަހުލާ ވިދާޅުވީ، ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަކީ އަދި އެ މައްސަލަތައް ހައްލުނުވެފައިވަނީ ތަމްރީނުތަކުގައިއާ ސަލާމަތީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކުގެ އިތުރުން ރާއްޖޭގައި ތައުލީމުދޭ މުއައްސަސާއަކުން އެ މުއައްސަސާގައި ކިޔަވާ ދަރިވަރުންނާ މެދު އަމަލުކުރަންޖެހޭ އުސޫލުތަކާއި ހަމަތައް ނެތުމުގެ ސަބަބުން ކަމަށެވެ.

ފްލައިން ސްކޫލްގެ މައްސަލައާ ގުޅިގެން ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގެ މެމްބަރުން މިއަހަރުގެ ކުރީކޮޅު ވަނީ އައްޑޫ އަށް ވަޑައިގެން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނާއި، ސްކޫލްގެ އިސްވެރިންނާއި، ގަން އެއާޕޯޓު ހިންގާ ކުންފުނީގެ ބޭފުޅުންގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާއި އަދި ސިވިލް އޭވިއޭޝަންގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: