ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެވެނިއު ސްޓޭމްޕް އުވާލަން ކޮމިޓީން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުން އުވާލުމަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ރެވެނިއު ސްޓޭމް ޖެހުން ހުއްޓާލުމަށް ޓަކައި އެކަމަށް ހާއްސަކޮށްފައިވާ ގާނޫނު އުވާލުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމެވެ.

އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤަނޫނަށް ގެނެސްފައިވާ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ވަނީ އެ ބިލު ހުށަހަޅާފައިވާގޮތަށް ފާސްކޮށްފައެވެ.

ބިލު ހުށަހެޅި ސަބަބުގެ ގޮތުގައި ބުނެފައި ވަނީ، އެ ގާނޫނަކީ ވަރަށް ދުވަސްވެފައިވާ ގާނޫނެއް ކަމަށާއި އެ ގާނޫނުގެ ސަށޫން ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްތަކައި ހިނގާ ހަރަދާ އަޅާބަލާ އިރު ލިބޭ އާންމުދަނީއަކީ އެކަށީގެންވާ އާންމުދަނީއެއް ނޫން ކަމަށެވެ. އަދި އެއީ އާންމު ވިޔަފާރިތަކަށް ވެސް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިލާން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ރާއްޖޭގައި ވިޔަފާރިކުރުމަށް އޮތް ފުރުސަތުތައް ލުއިފަސޭހަކޮށްދިނުމަށްޓަ ކައި، ރެވެނި ސްޓޭމް ޖެހުމުގެ ނިޒާމް އުވާލުމުގެ މަގްސަދުގައި ބިލު ހުށަހެޅި ކަމަށް އާޒިމްގެ ބިލުގައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: