ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާއިން ރާއްޖެއަށް ކުއްލި ހާލަތުގައި ބޭނުންކުރާނެ ސިއްހީ ސާމާނު ފޯރުކޮށްދެނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި ކުއްލި ހާލަތްތަކުގައި ބޭނުންކުރާނެ ސިއްހީ ސާމާނު އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުން ކުރާ މަސައްކަތްތަކުގައި އެމެރިކާއިން ހުއްޓުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ.

އަދި މި ބަލިމަޑުކަމުގެ ސަބަބުން ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަކުރުމަށް އެ ޤައުމުން މަސައްކަތް ކުރަމުންދާކަމަށާއި އެގޮތުން ކުރަމުންދާ މަސައްކަތުގެ ދަށުން ދިވެހިރާއްޖެ، ޕާކިސްތާން އަދި ސްރީލަންކާއަށް ދޭ އެހީގެ ސާމާނާއެކު މިއަދު ފްލައިޓެއް ފުރާނެކަމަށް އޭނާގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި މީގެ ކުރިންވެސް އެމެރިކާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: