ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމް ދީނާ ހިލާފުވީމަ ލާދީނީއޭ ގޮވޭނެ؟: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނާ ހިލާފު ވީމާ ލާދީނީއޭ ގޮވޭނެ ކަމަށް މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ “ލާދީނީ” ގޮވުމާ ގުޅޭ ގޮތުން އެމަނިކުފާނު ލިޔުއްވާފައިވާ ލިޔުމެއް ސޯޝަލް މީޑީއާގައި ހިއްސާކުރައްވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިސްލާމް ދީނުގެ އުސޫލްތަކާއި ހިލާފަށް އުޅޭ މީހެއް ނަމަ، އެތައް ބައެއްގެ ނަޒަރުގައި އެމީހަކީ “ލާދީނީ” މީހެއްކަމަށް ބުނެވެން ޖެހޭ ކަމަށާއި ނަމަވެސް އިސްލާމް ދީނުގެ އެންމެ މަތިވެރި އުސޫލަކީ ޣައިބަށް އީމާންވުން ކަމަށެވެ.

“ވައްކަން ކުރީމާ ވަގަށް ގޮވޭ ހަމާގައި އިސްލާމް ދީނާ ހިލާފު ވީމާ ލާދީނީ ކަމަށް ބުުނެވޭން ޖެހެއެވެ.” ރައީސް ނަޝީދުގެ ލިޔުމުގައިވެއެވެ.

ނަޝީދު ވިދާޅުވީ ލާދީނީ މީހެއްކަމަށް ބުނުމުގެ ހައްގު އެހެން މީހުންނަށް އޮންނާން ޖެހޭނެ ކަމަށް އެތައްބަޔަކު ދެކޭ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތް އެހާ މުހިއްމު ނޫން ކަމަށާއި، އެމަނިކުފާނަކީ ކަނޑައެޅިގެން އިސްލާމަކަށްވާއިރު، “ލާދީނީ” ގޮވަން ނޭދޭ ކަމަށެވެ.

“އިސްލާމް ދީނުގެ އެންމެ މަތިވެރި އުސޫލަކީ ޣައިބަށް އީމާންވުމެވެ. މާތްﷲ ދެކެ ދެނެވޮޑިގެންވާކަން ޝައްކަކާ ނުލާ ހިތުގެ އަޑީން ޤަބޫލުކުރުމާއި އަދި މުހައްމަދުގެފާނުއީ އެކަލާނގެ ރަސޫލާކަމަށްވެސް ހަމަ އެފަދައިން ޤަބޫލުކުރުމެވެ. ޝަހާދަތުގެ ދެކަލިމަ ފުރިހަމަ އަށް ޤަބޫލު ކުރުމެވެ.” ރައީސް ނަޝީދުގެ ލިޔުއްވާފައި ވެއެވެ.

ރައިސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނާ ދިމާލަށް ލާދީނީއޭ މީހުން ގޮވަނީ، އިސްލާމް ދީން ޤަބޫލުކުރާ އެހެން މީހުންގެ ހިތްތަކުގައި އެމަނިކުފާނާ މެދު ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ކަމަށް ވެދާނެ ކަމަށެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 18%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 3%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ބަލަ އެންމެނަށް ވެސް އެގެޔޭ އަޑީގަ ހުރެގެން ހިސާނު ލައްވާ ލައްވައިގެން އުޅޭ ބިލެއްކަން….ބަލަ ކާކު ގުނބޯ ހައްދައްބާ މި އުޅެނީ. 2023 ވަރަށް ސަލާން ބުނި ތިކުރާ ހިތްވަރަށް. ރައްޔިތުން ތިބީ 4 ލޯ ޖަހައިގެން ހޭލާ !!!!

  2. މިހުރިހާ ދުވަހަކު ތިޔަ ލާދީނީއޭ މީހުން ގޮވިއިރު ނުބުނޭ ތިމަންނަ މިހާރު މިހިރީ އީމާން ވެގެންނޭ ބޮން ގޮއްވާލާފާ މަތިއަޅަން ތިމަންނަ ޝަހާދަތް ކިއީމޭ ތިޔައީ ޔަހޫދީންގެ ސިފަ ނަޝީދު އިސްލާމްދީނަށް ގަސްތުގައި ހަޖޫޖެހި ކީރިތި ނަބިއްޔާ މުޙައްމަދުސއވގެ ހަދީސް ނޫން އެހެން އެއްޗެއް އަލްޓަނެޓިވް ނެރޭޓިވް މިއީ މިއަދު ފަތްފޮތްތަކުން ފެންނަންހުރި ހަގީގަތްތައް އަދި ކުރިޔަތް އޮތްތަނުގައިވެސް ނަޝީދުގެ އަމަލު ހުންނާނީ އެގޮތައް ދިވެހިރާއްޖޭގައި އެހެން ދީންތަކަށް ޖާގަދޭން ޖެހޭ ވާހަކައާއި އެއް ޖިންސުން ކައިވެނި ކުރެވެންޖެހޭ ވާހަކަތަކަކީ ލާދީނީއޭ ނުގޮވަން ތިއްބަސް ގޮވޭނެ ވާހަކަތައް

  3. ކީރިތިރަސޫލާ އަށް ފުރައްސާރަ ކުރިކަން އެއީ އެންމެން ދަންނަ ހަގީގަތެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: