ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ބޭނުން ވަނީ އެސްޖީ އައްޔަންކުރަން ކައުންސިލުގެ ލަފާ ހޯދަން!

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކަށް ސެކްރަޓަރީ ޖެނެރަލް އައްޔަނު ކުރުމުގައި ކައުންސިލްގެ ލަފާ ހޯދުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބުރޫކު މިއަދު މިފަދައިން ވިދާޅުވި އިރު، އެސްޖީން އައްޔަނު ކުރާއިރު ކައުންސިލްތަކުގެ ލަފާ ހޯދަން ނުޖެހޭގޮތަށް ހަދަން ރައްޔިތުންގެ މަޖިލީހަށް ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ.

ގެމަނަފުށި ދާއިރާގެ މެންބަރު އަހުމަދު ސައީދު ހުށަހެޅުއްވި އިސްލާހުގައި ވަނީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރާއިރު ކައުންސިލްގެ ލަފާ ހޯދަން ޖެހޭ ބައި އުނިކުރުމަށެވެ.

އެކަމާ ގުޅިގެން މަބްރޫކް ވިދާޅުވީ ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުގައި ކައުންސިލްގެ ލަފާ ހޯދުމަށް ގާނޫނުގައި މިހާރު ލިޔެވިފައިވަނީ މި ސަރުކާރުން ގެނައި މުހިއްމު އިސްލާހަކާއި އެކު ކަމަށެވެ.

“ސަރުކާރުގެ ވިސްނުމަކީ އެގޮތަށް އެކަން ކުރުން. ކައުންސިލްގެ ލަފާ ހޯދުން” މަބްރޫކް ވިދާޅުވިއެވެ.

އަދި މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހަކީ ސަރުކާރުން ހުށަހެޅި އިސްލާހެއް ނޫން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: