ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު ނަސީމްގެ ބޮލަށް މުޅި މައްސަލަ ކަނޑާލާފައި ރައީސް ގެއްލިއްޖެ: ސައީދު

ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19ގައި މަރުވި އުމުރުން 10 އަހަރުގެ މަރިޔަމް މިޝްކާ މުހައްމަދުގެ މަރުގެ މައްސަލަ ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ ބޮލަށް ޖަހާފައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެއްލިއްޖެ ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނާއިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިޝްކާ ކޮވިޑް19 އަށް ޕޮޒިޓިވްވުމުން ކަރަންޓީނުކޮށްފައި ހުރީ މައިންބަފައިންނާ އެކު ގޭގަ އެވެ. އެ ކުއްޖާގެ ހާލު ސީރިއަސްވެ، މިދިޔަ އަންގާރަ ދުވަހުގެ ރޭ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް ވަނީ ގެންގޮސްފަ އެވެ. ފަރުވާދެމުން ދަނިކޮށް އެކުއްޖާ މަރުވީ އެ ރޭ 12:10ގަ އެވެ.

އާއިލާ އިން ބުނެފައި ވަނީ އަންގާރަ ދުވަހުގެ ރޭ 9:00 އެހާކަންހާއިރު އެމްބިއުލާންސް އެއް ފޮނުވައިދިނުމަށް އެދި އާއިލާގެ ފަރާތުން ގުޅަމުން ދިޔަ ކަމަށާއި އެމްބިއުލާންސް ދިޔައީ އެ ރޭ 11:40ގައި ކަމަށެވެ.

މިޝްކާއަށް އެޓެންޑް ވުމަށް އެމްބިއުލާންސް ފޮނުވުން ލަސްވި ގޮތުގެ ކޭސް ރިވިއުއެއް ހެލްތުން ކުރަމުން އަންނަ އިރު، އެ މައްސަލަ ފެންމަތިވުމާ އެކު، އެމްބިއުލާންސް ޑިޕްލޯއީ ކުރާ އުސޫލަށް ވަގުތުން ބަދަލު ގެނެސްފައިވާ ކަމަށް ވެސް ހެލްތުން ބުންޏެވެ.

މި މައްސަލާގައި ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ ހެލްތު މިނިސްޓަރު އަޙްމަދު ނަސީމްގެ ބޮލަށް މުޅި މައްސަލަ ކަނޑާލުމަށްފަހު ރައީސް ސޯލިހު އާއި ވަޒީރުން ގެއްލުމުން މިކަން ހައްލުވާނެތޯ ސުވާލު ކުރައްވަފައެވެ.

”ތުއްތު ދަރިފުޅު ވަނީ ދުނިޔެއާއި އަލްވަދާޢު ކިޔާފަ، އާއިލާއާއި މުޅި ޤައުމު ރޮއްވާފަ! ކުޑަމިނުން މިއޮއްބޮޑު ހިތާމާގައި ރައީސުލްޖުމްހޫރިއްޔާއަށް ބަހެއް ބުނެލަން ނުކެރުނު!؟” ސައީދު ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިޝްކާގެ މަރުގެ ރިޕޯޓް އެރެއަށް ނިންމާ އިއްޔެގެ އާންމު ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވި ގޮތަށް އިއްޔެ އެ ރިޕޯޓް އާންމުކޮށްފައި ނުވާތީ ސޯޝަލް މީޑިއާގައި އާންމުން ގެންދަނީ އެ ރިޕޯޓް ކޮބައިތޯ ސުވާލު ކުރަމުންނެވެ. ރިޕޯޓް އާންމު ކުރުމަށް އިއްޔެ ހެލްތު މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ކުރިން މަސައްކަތް ކުރި ކަމަށް އެނގިފައިވެ އެވެ.

އާންމުންގެ ސުވާލުތަކާ ގުޅިގެން ހެލްތު މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޯވިޑް ބަލީގައި އުމުރުން 10 އަހަރުގެ މިޝްކާ މަރުވުމާ ގުޅިގެން ހަދަމުން ގެންދާ ކޭސް ރިވިއުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

“މި މައްސަލާގައި ގިނަ ކަންކަން ބަލަން ޖެހުމުން މިކަމަށް އިތުރު ވަގުތު ނަގާ. މަސައްކަތް ކުރަމުން މިދަނީ ވީއެންމެ އަވަހަށް މި މަސައްކަތް ނިންމުމަށް،” މިނިސްޓްރީގެ ޓްވީޓްގައި ބުނެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މަޖިލިހުގަ މިތިބަ މެމްބަރުންގެ މުސާރަ ޙަލާލުވަނީ ކޮން ކަމަކާ ހެދި ބާ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: