ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ބޮޑު އިސްކަމެއް ދޭނީ ކަނޑުތައް ހިމާޔަތް ކުރަން: މިނިސްޓަރު ޝައުނާ

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ--
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ތިމާވެށި ހިމާޔަތްކުރުމާއި ތަރައްގީގެ ތިލަފަތް ހަމަކުރުން ކަމަށް އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ދެއްވި ހިތޯބުގަ އެވެ. މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރުވެސް 73 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ކަމަށެވެ. އަދި ލ. އަތޮޅާއި، އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން ބ. އަތޮޅުގެ އިތުރު ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތިމާވެއްޓާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތް ކުރުމުގެ ގޮތުން، 2030 އާ ހަމައަށް އެންމެ ކުޑަވެގެން ރާއްޖޭގެ ކަނޑާއި ކަނޑާ ގުޅިފައިވާ ސަރަހައްދުތަކުގެ 20 ޕަސެންޓް ހިމާޔަތްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ޝައުނާ ވިދާޅުވީ، ހިމާޔަތް ކުރާ ސަރަހައްދުތަކުން ލިބޭ ފައިދާ އެންމެ ބޮޑަށް ކުރާނީ އަދި ކުރަން ވާނީ ވެސް ރައްޔިތުންނަށް ކަމަށެވެ.

އެ މޭރުމުން، ތިމާވެށީގެ ގޮތުން ފާހަގަކޮށްލެވޭ ތަންތަން ރައްކާތެރިކޮށް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތިމާވެށީގެ މައްސަލަތަކަށް އެދެވޭ ހައްލެއް ގެނައުމަށް އާ ވިސްނުންތަކަކާ އެކު މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ، ތިމާވެށި ހިމާޔަތްކުރުމާއި ތަރައްގީގެ ތިލަފަތް ހަމަކުރުން. އަޅުގަނޑުމެންގެ ތަސައްވުރަކީ، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ތަހައްމަލު ކުރެވޭ ފަދަ، ފަންވަރު ހުރި އުމްރާނީ ތަރައްގީ މި ރާއްޖެއަށް ގެނައުން. މިކަންކުރުމަށް، މިއަށްވުރެ ރަނގަޅު ދަނޑިވަޅެއް ނާންނާނެ،” މިނިސްޓަރު ޝައުނާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރުގެ ހިތާބުގައި ކުރިއަށް އޮތް 10 އަހަރަކީ، ގަސް ހެއްދުމާއި ދިރޭތަކެތީގެ މާހައުލަށް ރައްކާތެރިވުމާއި ތަގައްޔަރުވެފައިވާ ކަނޑުތަކާއި ޖައްވު ސާފުކުރުމުގެ 10 އަހަރު ކަމުގައި ހެދުމަށް ވަނީ ގޮވާލައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: