ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެޓްސްކީ އެކްސިޑެންޓެއްގައި ޒުވާނަކު ވިއްސައިގެން ގޮސް ދަގަނޑެއްގައި ޖެހި ނިޔާވެއްޖެ

އެކްސިޑެންޓުގައި ނިޔާވި ޝުނާން ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ށ.ފުނަދޫގައި ޖެޓްސްކީއެެއް އެކްސިޑެންޓް ވެގެން ހިނގި ހާދިސާއެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ، ށ ފުނަދޫ ދަށްފަޅުގައި ދުއްވި ޖެޓްސްކީ ގައި އައްސާފައި އޮތް ސީބެޑްގައި ތިބި ދެމީހުންގެ ތެރެއިން އެކަކު މޫދަށް ފުންމާލައި، އަނެއް މީހާ ވިއްސައިގެން ގޮސް، ގޮނޑުދޮށުގައި ހުރި ހަޓެއްގެ ތަނބެއްގައި ޖެހިގެން ކަމަށެވެ. އެކްސިޑެންޓްގައި ވިއްސައިގެން ދިޔަ ޒުވާނާއަށް ލިބުނު އަނިތާކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ފުނަދޫ ހޮސްޕިޓަލުން ބުނެފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 22 އަަހަރުގެ ޝުނާނު ޝަރީފްއެވެ. އެ އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރިސޯޓެއްގައި ވަޒީފާ އަދާކުރަމުން އަންނަ ޝުނާން ފުނަދުއަށް ގޮސް އުޅުނީ ޗުއްޓީއަށްކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުން މައްސަލައިގައި އަދި އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ.

ވަރަށް ގަދަ
9%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 82%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: