ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަވިލިނގިލީގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

ކުޑަވިލިނގިލި ރިސޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ޓްރެވަލްޓްރޭޑް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ އަތޮޅު ކުޑަ ވިލިނގިލި ރިސޯޓް ހުޅުވައިި ހިދުމަތަށް ގެނެސްފި އެވެ.

ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރި ކުޑަ ވިލިނގިލި ރިސޯޓު ހުޅުވާފައި ވަނީ އިއްޔެ އެވެ. ރިސޯޓު ހުޅުވައިދެއްވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރެވެ.

ކުޑަވިލިނގިލި ތަރައްގީކޮށްފައިވަނީ އިންޑިއާގެ އެމްފާ ގްރޫޕުންނެވެެ. މި ރިސޯޓުގައި 59 ބީޗް ވިލާ އާއި 36 މޫދު ވިލާ ހުރެ އެވެ. ޖުމްލަ 95 ވިލާ ހުރި މި ރިސޯޓު ފަރުމާ ކުރުމުގައި އޭޝިއާގެ ކުލަވަރުގެ އިތުރުން ރާއްޖޭގެ އާޓް ބޭނުން ކޮށްފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 25 މިނެޓުން ދެވޭ ރާސްތާއެއްގައި ތަރައްގީކޮށް ހުޅުވި މި ރިސޯޓަކީ ހަނީމޫނަށް ރާއްޖެ އަންނަ މީހުންނަށާއި ލޯބިވެރިންނަށް އަދި އާއިލާތަކާއި ރައްޓެހިންނަށް ވެސް ހާއްސަ ރިސޯޓެކެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: