ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު އަޅާފައިވާ ކޮވީޑްއާ ގުޅޭ ފިޔަވަޅުތައް ދެ ހަފްތާއަށް އިތުރުކޮށްފި

ކާފިއުގެ ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ ކޮވިޑް ކޮންޓްރޯލްކުރުމަށް އެޅިފައިވާ ފިޔަވަޅުތަށް އިތުރު 2 ހަފްތާގެ މުއްދަތަށް ދަންމާލާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިދިޔަ މަހު ކޮވިޑަށް ޕޮޒިޓިވާ މިންވަރު އިންތިހާއަށް މައްޗަށް ގޮސް, މިދިޔަ މަހު 26ގައި ފިޔަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. އެ ފިޔަވަޅުތަކުގެ މުއްދަތު މުއްދަތު މިރެއަށް ހަމަވާނެ އެވެ.

މާލެ ސަރަހައްދުގައި މީގެ ދެ ހަފްތާ ކުރިން އެޅި ފިޔަވަޅުތަކުގެ މުއްދަތު މިރެޔަށް ހަމަވާނެ އެވެ. އެ ފިޔަވަޅުތަކަކީ ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ހިންގުމާއި، އަދި ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ހުއްދަ ނެތި ބޭރުގައި އުޅުން މަނާ ކުރުން ހިމެނެއެވެ.

މިއަދު ރަައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން އަމަލު ކުރުމުގެ ސަބަބުން ބަލި ފެތުރޭ މިންވަރު ދަށަށް ދާން ފަށާފައިވާ ކަމަށާއި ނަމަވެސް އާންމު ހާލަތަށް ދިއުމަށް އަދިވެސް ފިޔަވަޅުތައް ދެމެހެއްޓުން މުހިއްމު ކަމަށެވެ.

އެހެން ކަމުން ދެ ހަފްތާގެ މުއްދަތަށް އެޅި ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދަންމާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ލުއިތައް ދިނުމާމެދު ގޮތްތަކެއް ނިންމަވާނެ ކަމަށެވެ. ނަމަވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުނުވާނަމަ އަދި އިތުރު ހަފްތާއަކަށްވެސް ފިޔަވަޅުތައް ދަންމާލަން ޖެހިދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: