ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް އިތުރު ވެކްސިން ލިބޭނީ ޖުލައި މަހު: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އިތުރު ވެކްސިން ލިބޭނީ ޖުލައި މަހު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން ގަންނަން ހުށަހަޅާފައިވާ އެސްޓްރާޒެނިކާ ވެކްސިން ޑޯޒު ތަކުގެ ތެރެއިން ފަސް ލައްކަ ޑޯޒް ޖުލައި މަހު ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ރަޝިއާއިން އުފައްދާފައިވާ ސްޕަޓްނިކް ވެކްސިން ގެނައުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި އެއްބަސްވުމުގައިވާ ގޮތުން ހަތަރު ހަފްތާގެ ތެރޭގައި އެ ވެކްސިން ލިބޭނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވ ީއެމެރިކާއިން ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި އެހެންކަމުން މި މަހުގެ ތެރޭގައި އެގައުމުން ފޯރުކޮށްދޭ ވެކްސިން ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އެހެންނަމަވެސް ލިބެނީ ކޮން ވެކްސިންއެއް ކަމާއި ކިހާ މިންވަރެއް ކަމެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

އެސްޓެރަޒެނެކާގެ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޑީއިން 700،000 ޑޯޒް ވެކްސިން ގަންނަން މިދިޔަ ޑިސެމްބަރުގައި ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. ސަރުކާރުން މީގެކުރިން ބުނެފައި ވަނީ މި ހިނގާ ޖޫން މަހު އެ ވެކްސިން ލިބޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: