ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އަޅަން އަދި ނުނިންމަން: ރައީސް

މި ސަރުކާރު އައި ފަހުން ދެ ގައުމުގެ ގުޅުން ވަރުގަދަވެއްޖެ - މޯދީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އަޅަން އަދި ނުނިންމާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކޮންސިއުލޭޓް އެޅުމާ ގުޅޭގޮތުން ދެ ހިޔާލެއް އެބަ ގެންގުޅުއްވާ ކަމަށާއި އެކަމާ މެދު މަޝްވަރާ ކުރެއްވުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.

“އެހެންވީމަ އެ އުސޫލުން އިންޑިއާ ސަރުކާރުން އެ ހުށަހަޅުއްވަނީ. އަޅުގަނޑުމެން ޖެހޭނެ އެކަމާ ދޭތެރޭގައި މަޝްވަރާކޮށްފައި. އަދި މިހާތަނަށް އަޅުގަނޑުމެން ގޮތެއް ނުނިންމަން އެކަމަށް،” ރައީސް ވިދާޅުވިއެވެ.

އައްޑޫއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވަނީ އައްޑުގެ ތަރައްޤީއަށް ކޮންސިއުލޭޓް މުހިންމު ކަމަށް ވިދާޅުވެފައެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނި އައްޑޫއާއި ރާއްޖޭގެ ކުރިއެރުމަށްވެސް ކޮންސިއުލޭޓް މުހިންމު ކަމަށް ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވެފައިވަނީ، އައްޑޫގެ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް ކަމަށާއި، އަމިއްލަ ނޭފަތު ކުރީގައި ތަޅު އެޅުވިފައިވާ ވިސްނުމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އައްޑުގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމު ކުރުމުގެ ސަބަބުން އައްޑުއަށް ވެސް އަދި ރާއްޖެއަށް ވެސް ލިބެން އޮތީ ފައިދާ ކަމަށެވެ.

އައްޑޫގައި ކޮންސިއުލޭޓް ޤާއިމު ކުރުމާއި ދެކޮޅަށް އަންނަނީ “ސޭވް އައްޑޫ”ގެ ނަމުގައި ހަރަކާތެއްވެސް ހިންގަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: