ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އަމާޒު ހިފާފައި ހުރީ މި އަހަރު ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށަން”

މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުالله
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒު ހިފާފައި ހުރީ މިއަހަރު ތެރޭގައި ފުލުހުން ބޮޑީ ވޯނު ކެމެރާ ބޭނުން ކުރަން ފެށުމަށް ކަމަށް  ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާނު އެފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަހްމަދު ނަސީމް މިއަދުގެ ޖަލްސާގައި، މުޒާހަރާތަކާއި އެކިއެކި އެއްވުންތައް ރޫޅާލުމުގައި ދިވެހި ފުލުހުން ހަރަކާތްތެރިވާއިރު ބޮޑީ ކެމެރާ ބޭނުން ނުކުރަނީ ކީއްވެތޯ މިނިސްޓަރާއި ސުވާލުކުރެއްވުމުން އެ ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުންނެވެ.

އެގޮތުން، މިނިސްޓަރު ވިދާޅުވީ، ބޮޑީ ވޯނު ކެމެރާ ހޯދުމުގެ މަސައްކަތް މިހާރު ފުލުހުންގެ އިދާރާއިން ދަނީ ކުރަމުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ދުނިޔެއަށް ދިމާވި ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެވެސް އިގްތިސާދު ވެސް ދަށަށް ދިއުމުގެ ސަބަބުން ނިމިދިޔަ 2020 ވަނަ އަހަރުގެ ބަޖެޓްގައި ބޮޑީ ވޯނު ކެމެރާ ގަތުން ނުހިމެނުނީ ކަމަށެވެ. ނަމަވެސް މިއަހަރުގެ ބަޖެޓްގައި އެ ހަރަދު ހިމަނާފައިވާކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދެވުނު ޓެރެރިސްޓް ހަމަލާއަށް ފަހު ފުލުހުން ދަނީ ހިދުމަތުގެ ފެންވަރު ދުވަހަކަށްވުރެ ދުވަހެއް އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން މާލޭގައި އެންމެ ގިނައިން ކުށްތައް ހިންގާ ޕޮއިންޓްތައް ފާހަގަކޮށް އެތަންތަނުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތްވެސް ފަށާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: