ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް ޖަލްސާތައް ވަރަށް އަވަހަށް ލައިވް ކުރާނަން: މުއިއްޒު

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ ޖަލްސާތައް ލައިވް ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވެފައިވަނީ، މާލެ ސިޓީ ކައުންސިލުން ވަރަށް ފަހުން ބޭއްވި ބައްދަލުވުމަކަށް އެމްޑީޕީން ޖަލްސާތައް ލައިވް ކުރަން ހުށަހެޅުމުން އެ ހުށަހެޅުން ކައުންސިލުން ބޭރު ކޮށްލި ކަމަށް ކައުންސިލްގައި ހިމެނޭ އެމްޑީޕީ މެމްބަރަކު ވިދާޅުވުމާ ގުޅިގެންނެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލެސިޓީ ކައުންސިލަކީ ޓްރާންސްޕޭރެންޓް ކައުންސިލަކަށް ހެދުމަށްޓަކައި ކައުންސިލްގެ ޖަލްސާތައް ލައިވްކުރުމަކީ ކައންސިލްގެ ފުރަތަމަ ރަސްމީ ޖަލްސާގައި ފާސްކޮށްފައިވާ އެސްއޭޕީ ގައި ކަނޑައަޅާ ފާސްކޮށްފައިވާ ކަމެއްކަމަށެވެ

އަދި އެކަމަށް އޮފީހުގެ އައިޓީ އިންތިޒާމުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މުއިއްޒު ވިދާޅުވިއެވެ.

“ޓްރާންސްޕޭރެންސީ ކަށަވަރުކުރުމަށްޓަކައި ހުރިހާ ކައުންސިލަރުންގެ މާލީ ތަފްސީލުތައް ވެބްސައިޓުގައި ޝާއިއު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް.” މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: