ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭސްފަރުވާއަށް އަލީ ވަހީދަށް ދިން މުއްދަތު ހަމަވެއްޖެ، ދައުލަތަށް އޭނާ ވީތަނެއް ނޭނގޭ!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވަނިކޮށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމަށް ދިން މުއްދަތު ހަމަވެއްޖެ އެވެ.

ރޭޕް ކުރަން އުޅުމުގެ ކުށް ހިމެނޭހެން ހަތް ދައުވާއެއް ފުފުލާފައިވާ އަލީ ވަހީދު ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި މަގާމުން ވަކި ކުރީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރި ދުވަހާއި، އޭނާ ފުރި ދުވަހާއި ފުށު އެރުންތަކެއް ހުރުމުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނެރުއްވި އަމުރުގެ މައްސަލައިގެ އިސްތިއުނާފު މައްސަލަ އެންމެ ފުރަތަމަ ބޭރު ކުރީ ހައިކޯޓުންނެވެ. އަދި ދަށު ކޯޓުގެ ނިމުން އިސްތިއުނާފު ކުުރުމަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ވެސް ނިންމީ ކުށުގެ ތުހުމަތު ކުރެވޭ މީހެއްގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.

އަލީ ވަހީދަކީ ފިލުމުގެ ފުރުސަތު އޮތް މީހެއްކަމުން، އެ ފުރުސަތު ޓްރެވެލް ޑޮކިއުމެންޓެއްގައި ނޫން ގޮތަކަށް ނުދިނުމަށް ދައުލަތުން ހުށަހެޅި ނަމަވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ނިންމެވީ މައިބަދައިގެ އޮޕަރޭޝަނަށް އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށެވެ. ބޭނުން ގައުމަށް ދިއުމަށް އަލީ ވަހީދަށް ދިނުމުން، އެނާއާއި އެކު ޖާމިނުވެފައި ވަނީ އަލީ ވަހީދުގެ ގާތް އެކުވެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އެވެ. އަޑުބަރޭ ޖާމިނުވެފައި ވަނީ،  ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ.

ބަންދުން ދޫކޮށްލެވުނު މީހާ ފިލައިފިނަމަ ނުވަތަ ޖާމިނުވާ މީހާ އޭނާގެ އިގުރާރާ ހިލާފުވެއްޖެނަމަ، އެ ހިލާފުވި ހިލާފުވުމުގެ ކުޑަ ބޮޑު މިނަށް ބަލައި، ޖާމިނުވި މީހާއަށް ކުށުގެ އަދަބު ކަނޑައެޅޭނެ އެވެ. އެގޮތުން ޖާމިނުވާ މީހާ އެއް އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ، ދެ އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދު ކުރުން، ނުވަތަ 15،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިތުރުން ވަކި މުއްދަތެއްވަންދެން އެ މީހަކަށް ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން ހިމެނެ އެވެ.

ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދަށް ރާއްޖެއިން ބޭރުގައި ހުރެ ބޭސްފަރުވާ ކުރުމަށް ކްރިމިނަލް ކޯޓުން ދިނީ 4 މަހުގެ މުއްދަތެކެވެ. އަސްހަދު ޖާމިނުވެ ސޮއިކޮށްފައިވާ އިގުރާރުގައި ބުނެފައިވަނީ ޕާސްޕޯޓް ދޫކުރާ ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު ނުފިއްލަވާނެ ކަމަށާއި ކަނޑައަޅާފައިވާ މުއްދަތަށް އޭނާ އަނބުރާ ރާއްޖެއަށް ގެންނާނެ ކަމަށެވެ.

އަލީ ވާހިދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރު ބާތިލްކޮށް އޭނާ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިން  މުއްދަތު މިއަދަަށް ހަމަވީއިރު އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ދައުލަތަށް ހޯދިފައި ނުވެއެވެ.

އަލީ ވަހީދު މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައިކަމުން، އެންމެ ފަހުން އެތެރެވީ ގައުމެއް ހޯދުނަސް އޭނާ ދިރިއުޅެމުންދާ އެޑްރެހެއް ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަމަށް އިޝާރާތްކޮށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، އެކަމަށް އޮތް ހައްލަކީ އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މަގާމުން ވަކިކުރީ ޖުލައި 2020 ގައި ޖޫން މަހަކުނޫން. އޮޅުވައި ނުލައްވާ

  2. އޭނަ ނުފިލާނެ، ފްރޭމް ކުރިޔަސް އެހާ ފިނޑި މީހެއްނޫން އެއީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: