ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާސީ އަހަރު ނިމެންދެން މާލެ ސުކޫލުތަކުގައި ކިޔަވައިދޭނީ އޮންލައިންކޮށް!

ދަރިވަރަކު ސްކޫލަށް ވަނުމުގެ ކުރިން ހުން ހުރިތޯ ބަލަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމެންދެން ގްރޭޓަރ މާލެ ސަރަހައްދުގެ ސުކޫލުތަކުގައި އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި މަޝްވަރާ ކުރުމަށްފަހު މާލެ، ވިލިމާލެ އަދި ހުޅުމާލެގެ ސުކޫލުތަކުގެ ކިޔެވުން މިހާރުވެސް ކުރިއަށް ދާގޮތަށް އޮންލައިންކޮށް މި ދިރާސީ އަހަރު ނިމެންދެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖެއަށް އޭޕްރީލް މަހު ކުރިމަތިވި ނުރައްކާތެރި ކޮވިޑް 19 ގެ ދެވަނަ ރާޅާއި ގުޅިގެން މާލެ ސަރަހައްދުގެ ސުކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސަވައިފައެވެ. އެގޮތުން ދަރިވަރުންނަށް ލިބޭ ބޮޑު ޗުއްޓީ ބަންދުގައި ރަށްތަކަށް ދަތުރުނުކުރެވޭ ގޮތަށް ވަނީ އެޗްޕީއޭގެ އުސޫލުތަކަށްވެސް ބަދަލުގެނެސްފަ އެވެ.

2020 ވަނަ އަހަރުގެ ދިރާސީ އަހަރު ނިމޭނީ މި ހިނގާ ޖޫން މަހުގެ 24 ވަނަ ދުވަހަށެވެ. އަދި އެ ދުވަހު ދަރިވަރުންނާއި ރިޕޯޓުފޮތް ހަވާލުކޮށް، ޗުއްޓީ ފެށޭނެ އެވެ. 2021 ގެ ދިރާސީ އަހަރު ފެށޭނީ އަންނަ އޮގަސްޓް މަހުގެ ކުރީކޮޅު އެވެ.

ކޮވިޑް-19 ގެ ހާލަތު ގޯސްވެ މަލޭގެ ސަރަހައްދުގެ ފިޔަވަޅުތައް ވަރުގަދަ ކުރީ، މާލޭގެ ސްކޫލުތަކުގައި ދަރިވަރުން ސްކޫލަށް ހާޒިރުވެ ސްކޫލުގެ ކިޔެވުން ފަށާފައިވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: