ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. ހުސެއިން އަށް ރުހުންދޭން ކޮމިޓީން ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް ޑރ.ޙުސައިން ރަޝީދު ޙަސަންއަށް ރުހުން ދޭން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

ޑރ. ހުސެއިން އަށް ރުހުން ދޭން ފާސްކުރީ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ. ޑރ.ހުސެއިން އަށް ރުހުން ދިނުމާ މެދު އަންނަ ހަފްތާގައި މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.

ފިޝަރީޒް މިނިސްޓަރުކަމަށް ޑރ. ހުސެއިން ރަޝީދު އައްޔަންކުރައްވާ އެންވަޔަރަމެންޓް މިނިސްޓްރީއަށް އައިމިނަތު ޝައުނާ އައްޔަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ބަދަލު ގެންނަވާފައިވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހުއެވެ. އެ ދެބޭފުޅުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވުމުން، މިނިސްޓަރ ޝައުނާއަށް ރުހުންދޭން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އަދި މިިދޔަ ބުދަ ދުވަހު މިނިސްޓަރ ޝައުނާއަށް މަޖިލީހުގެ ތަޅުމުން ރުހުން ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: