ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ހަލާކުވަނީ ޕާޓީގެ ޗެއާޕާސަން ވަކި ފަރާތަކަށް ޖެހޭތީ: މޫސަ

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ހަލާކުވެ ދަނީ އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވަކި ފަރާތަކަށް ޖެހިވަޑައިގެން މަސައްކަތް ކުރައްވާތީ ކަމަށް، ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ އެމްޑީޕީގެ މަސައްކަތް ދެބައިވީ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީ އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުމުން ކަަމަށް  ހަސަން ލަތީފް ރޭ ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ ހަލާކުވެތިދަނީ ޕާޓީގެ ލީޑަރޝިޕް ފެއިލްވުމުން ކަމަށެވެ.

އެގޮތުން ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ޒިންމާ ނުނަގާ ވަކިފަރާތަކަށް ޖެހޭޖެހުމުގެ ސަބަބުން ޕާޓީ ހަލާކުވާކަމަށް މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ ޕާޓީގެ ލީޑަރާ، ރައީސްއާ، ނައިބުރައީސް އަދި ޕީޖީގެ ލީޑަޝިޕާ އެއްކޮށްގެން މައްސަލައަށް ހައްލު ހޯދަންޖެހޭކަމަށެވެ.

އެމްޑީޕީ ތެރޭގައި މައްސަލަ ގޯސްވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއި ކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ނުފެންނަ ކަމަށް ނިންމާ އެ މައްސަލަ ކޮމިޓީން ބޭރު ކޮށްލި މައްސަލާގައެވެ. އެއީ ރައީސް މުހައްމަދު ނަޝީދަށް ސިފައިން ފޯރުކޮށްދެމުން ދިޔަ ސެކިއުރިޓީ ބްރީޗްވެ، އެމަނިކުފާނަށް ހަމަލާ ދެވުނު ގޮތް ބެލުމަށް ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރު ކުރަން ދެކޮޅުކަން ހާމަކޮށް ޒަމީލް ސޮއިކުރައްވާ އެމްއެންޑީއެފުން ފޮނުވި މައްސަލައެކެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: