ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފަހަރު ޔޫރޯ މެޗްތައް ބަލައިލަން ހައިސެންސް ޓީވީ ވަރެއް ނެތް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ ފެށިގެން ދިޔަ ޔޫރޯ ފުޓްބޯޅަ މެޗްތައް ގޭގައި ތިބެގެން އާއިލާއާއި އެކުގައި ބަލައިލަން އެންމެ ރަނގަޅީ ހައިސެންސް ޓީވީއެވެ.

އެގޮތުން ދިވެހި ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދާފައިވާ ރެޑްވޭވްގެ ފަރާތުން މިވަނީ މިއަހަރުގެ ޔޫރޯ ޗެމްޕިއަންޝިޕްގެ މެޗްތައް ގޭގައި ތިބެގެން އާއިލާއާއިއެކު ރަނގަޅު ކޮލެޓީއެއްގެ ބެލުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި، “ހައިސެންސް” ބްރޭންޑްގެ އެކި މޮޑެލްތަކުގެ ޓީވީ ގަންނަން ލިބޭނެ ގޮތް ހަދައިދީފައެވެ. ރެޑްވޭވުން ބުނީ، “އަޕްގްރޭޑް ސުކައުޑް”ގެ ނަމުގައި ހައިސެންސްގެ މިހާރު ގެ މޮޑެލްތަކުގެ އައުސްޓޮކެއް ގެނެސް، ހައިސެންސް ޓީވީގެ މުޅިންއައު މޮޑެލްތަކެއް ވަރަށް ހާއްސަ އަގުތަކެއްގައި ވިއްކަން ފަށާފައިވާ ކަމަށެވެ.

ރެޑްވޭވުން ބުނީ، ހައިސެންސްގެ ޓީވީތައް ތައަރަފްކޮށް ހާއްސަ އަގުތަކެއްގައި ވިއްކަން ފެށީ، ޔޫރޯ 2021 ގެ އިންތިޒާރުގައި ލޭކެކި ކެކި ތިބި ދިވެހިންނަށް، ކުރީގައި ބޮޑު ސްކްރީނުގައި ރައްޓެހިންނާއެކު މެޗުތައް ބަލައި އުޅުނުހެން އެ މެޗުތައް ބެލުމުގެ ފުރުސަތު މިއަދު ނެތުމުން، ގޭގައި ތިބެގެން މެޗްތައް އެކުވެރިންނާއި އާއިލާއާއިއެކު ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ކަމަށެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ހައިސެންސް ބްރޭންޑަކީ ޔޫރޯ ޗެމްޕިއަންޝިޕްގެ ސްޕޮންސަރއެއް ވެސް ކަމެވެ. ރޭޑް ވޭވުން ހައިސެންސް ޓީވީ އާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރަމުން ބުނީ، ހައިސެންސް ޓީވީއަކީ ޑައިނެމިކް ރޭންޖް އަދި ސްމޫތް މޯޝަން ރޭޓް މަތި ޓިވީއެއްކަމުން މަންޒަރުތައް ފުސްކަމެއް ނެތި ވަރަށް ސާފުކޮށް އަދި އަލިދަގަކޮށް ދައްކުވައިދޭ ޓިވީއެއް ކަމަށެވެ. އެގޮތުން ޔޫރޯގެ މެޗްތައް ބެލުމުގެ އިތުރުން، އެ ބްރޭންޑްގެ ޓީވީތަކަކީ، ގޭމް ކުޅެލަން ވެސް ހަމަ އެއްވަނައިގެ ޓީވީތަކެކެވެ. އަދި މީގެއިތުރުން، ހައިސެންގެ ޔޫއެޗްޑީ އަދި ކިއުލެޑްގެ ޓީވީތަކަކީ އޭގެ ކޮލިޓީއާއި މަންޒަރުގެ ދެވަނައެއް ނުވާފަދަ ދުނިޔޭގައި ނަންމަޝްހޫރު މޮޅުޓީވީ ތަކެކެވެ.

ރެޑްވޭވުން ބުނީ، ހައިސެންސް ބްރޭންޑްގެ ޓީވީތަކުގެ ތަފާތު ސައިޒުތައް މިހާރު އެ ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ. އިތުރަށް ބައްލަވާލެއްވުމަށް ރެޑްވޭވްގެ އައުޓްލެޓަކަށް ޒިޔާރަތްކޮށްލެއްވިދާނެ ކަމަށާއި، ނޫންނަމަ ގޭގައި ތިއްބަވައިގެން https://redwave.mv (https://redwave.mv/) އިންވެސް އެ މައުލޫމާތުތައް ބައްލަވާއިލައްވާ އޯޑަރުކޮށްލެވޭނެ ކަމަށް ރެޑްވޭވުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: