ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާލަތުގައި ވެސް ރައީސް މަސައްކަތް ކުރައްވަނީ ވެފައިވާ ވައުދުތައް ފުއްދެވުމަށް: ވިސާމް

ވިސާމް، ރައީސް ސޯލިހުއާ އެއްކޮށް—
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ މި ދަތި ހާލަތުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރައްވަނީ ދާއިރާތަކަށް ވެފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުއާ ބައްދަލު ކުރެއްވުމަށް ފަހު ވިސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑްގެ ދަތި ދަނޑިވަޅުގައި ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު ރައީސް މަސައްކަތްކުރައްވަނީ ގައުމުގެ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.

ވިސާމް ވިދާޅުވީ ރައީސް ސޯލިހުއާ އެކު ގަމު ދާއިރާއަށް ވެފައިވާ ވައުދުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ 241 ކޮމިޓީގެ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އަންގާ އެމްއެންޑީއެފުން މަޖިލީހަށް ފޮނުވި ސިޓީއާއި ގުޅިގެން އެ ސިޓީގައި ސޮއި ކުރައްވާފައިވާ ޑެޕިއުޓީ މިނިސްޓަރުގެ ސުލޫކީ މައްސަލަ ބެލުމަށް އިމްތިޔާޒު ކޮމެޓީއަށް ރައީސް ނަޝީދު ފޮނުއްވެވި މައްސަލަ ކޮމެޓީން ބޭރު ކޮށްލުމުންނެވެ. ނަަޝީދުގެ ހުށައެޅުއްވުމުން ބޭރު ކޮށްލެވީ އެމްޑީޕީގެ ހަތަރު މެންބަރުންގެ ވޯޓާ އެކުގަ އެވެ. އެ މެމްބަރުންގެ ތެރޭގައި ވިސާމް ހިމެނެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: