ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަފްޣާން ޖަލުގައި ތިބި ކުދިން ނުގެނެވުނީ އާއިލާ ދެކޮޅު ހެދުމުން: އެޗްއާރުސީއެމް

އެޗްއާރުސީއެމްގެ ބައެއް މެމްބަރުން—
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނގުރާމާގައި ބައިވެރިވާން ދިޔަކަމުގެ ކުށް ސާބިތުވެ، އަފްޣާނިސްތާނުގައި 21 އަހަރަށް ޖަލަށްލާފައިވާ އަލީ ޝާފިއުގެ ހަތަރު ދަރިން ރާއްޖެ ނުގެނެވުނީ ބެލެނިވެރިން އެކަމަށް ދެކޮޅު ހެދުމުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މ. މޫންލައިޓްވެލީ، އަލީ ޝާފިއު އާއި އޭނާގެ އަންހެނުންނާއި ހަތަރު ދަރިންނާބެހޭ ގޮތުން މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ގުޅޭ މައްސަލައަކީ ޑިސެންބަރު 12، 2019 ގައި ކޮމިޝަނަށް އަލީ ޝާފިއުގެ އާއިލާގެ ފަރާތުން ހުށަހެޅުމުން ތަހްގީގު ކުރާ މައްސަލައެއް ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެކި ފަހަރު މަތިން އެ ކޮމިޝަނުން އާއިލާއާ ބައްދަލު ކޮށްފައި ކަމަށާއި އެ މައްސަލަ އެ ކޮމިޝަނުގެ ސަމާލު ކަމަށް އައި ހިސާބުން ފެށިގެން އިސްކަމެއްދީ، ގުޅޭ އެހެން މުއައްސަސާތަކުގެ ސަމާލުކަމަށް އެކަން ގެންގޮސް މައްސަލައާ ގުޅޭ މައުލޫމާތު ހޯދަމުން ދިޔަ ކަމަށެވެ.

މައްސަލައާ ގުޅިގެން ކޮމިޝަނުން ބެލިއިރު އަލީ ޝާފިއުއާ އޭނާގެ އަންހެނުންނަކީ އެ މީހުނަށް ތުހުމަތުވި މައްސަލައަކާ ގުޅިގެން އަފްޣާނު އިދާރާތަކުން އެ މައްސަލަ ތަހުގީގުކޮށް އެ ގައުމުގެ ސުޕްރީމް ކޯޓުން ދިގު މުއްދަތަކަށް ޖަލަށް ހުކުމް ކޮށްފައިވާ ދެމަފިރިންކަން ފާހަގަ ކުރެވިފައި ކަމަށާއި އެ ދެމަފިރިންނާއެކު ހަތަރު ކުޑަކުދިން ވެސް ޖަލުގައި ތިބި ކަމަށް ކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ވެއެވެ.

އަދި އެ ހާދިސާގެ ކުރީކޮޅު މައްސަލާގައި ހިމެނޭ ހަތަރު ކުދިން ރާއްޖެ ގެނައުމަށް އަފްޣާން ސަރުކާރުން ވެސް ދެކޮޅު ނުހަދާ ކަމަށާއި އޭރު ކުދިން ރާއްޖެ ގެނެވޭގޮތަށް އޮތް ނަމަވެސް ކުދިންގެ ބެލެނިވެރިން އެކަމަށް ދެކޮޅު ހެދުމުގެ ސަބަބުން އޭރު ކުދިން ގެނައުމުގެ މަސައްކަތް ހުއްޓުނު ކަމަށްވެސް ބުނެފައިވެއެވެ.

އެޗްއާރްސީއެމުން ބުނި ގޮތުގައި އެއްވެސް ކުށެއް ނެތި އެ ހަތަރު ކުދިން ޖަލުގައި ތިބޭތީ އަލީ ޝާފިއުގެ އާއިލާއާ ކޮމިޝަނުން އިސްވެ މަޝްވަރާ ކުރުމުން ކުދިންގެ ބެލެނިވެރިން އެ ކުދިން ރާއްޖެ ގެނައުމަށް ފަހުން އެއްބަސްވި ކަމަށެވެ. އަދި ބެލެނިވެރިން އެ ކުދިން ގެނައުމަށް އެއްބަސްވާ ކަމަށް އާއިލާއިން ހިއްސާކުރުމުން، އެކަން އިދާރާތަކާ ހިއްސާކޮށްފައި ވާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މައްސަލައާ ގުޅިގެން ލިބޭ ކުރިއެރުންތަކުގެ މައުލޫމާތާއި އާއިލާއިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާއި ޖަލުގައި ތިބި ހަތަރު ކުދިން ގެނައުމާ ގުޅޭގޮތުން، ކަމާގުޅުންހުރި މުއައްސަސާތަކާއެކު އެކިފަހަރުމަތިން ކޮމިޝަނުން ވަނީ ބައްދަލުވުންތަކެއް ބާއްވާފައި ކަމަށާއި މައްސަލަ ކުރިއަށްދާ ގޮތުގެ މައުލޫމާތު މިއަދާ ހަމަޔަށް އާއިލާއާ ވާނީ އެކިފަހަރުމަތިން ހިއްސާ ކޮށްފައި ކަމަށް ބަޔާނުގައި ވެއެވެ.

އެކޮމިޝަނުން ބުނީ މައްސަލާގައި އަފްޣާނުގެ އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނާ ލިޔުމުން މުއާމަލާތްކޮށް އެ އާއިލާއަށް ޒިޔާރާތް ކުރުމަށް އެދިފައިވާނެ ކަމަށާއި އަފްޣާނުގެ އެ ކޮމިޝަނުން އެ އާއިލާއަށް ޒިޔާރާތްކޮށް ހާލަތު ބަލައި ފާހަގަވި ކަންކަން އެޗްއާރްސީއެމާ ހިއްސާ ކޮށްފައިވާއިރު ހަތަރު ކުދިން ރައްކާތެރި މައުހާލަކަށް ގެންދަން ކޮމިޝަނުގެ އެދުމުގެ މަތިން މަސައްކަތް ކުރި ކަމަށެވެ.

“ނަމަވެސް ކުދިން ބަހައްޓާ މަރުކަޒުތަކުން އެކުދިން އެ މަރުކަޒުތަކަށް ނެގުމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން، އެކަން އަދި ހަމަޖެހިފައިނުވާ ކަމަށް ހިއްސާކޮށްފައިވެ އެވެ.” ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: