ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

14 ރަށެއްގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަނީ

ލ. ގަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެރައިސް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި 11-14 މެގަވޮޓް ސޯލަރ ހަކަތައިގެ ނިޒާމް ޤާއިމުކުރުމަށް ހުޅުވާލައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ, ލ. އަތޮޅުގެ 10 ރަށް ހިމެނޭހެން ޖުމްލަ 14 ރަށެއްގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަން އިންވެސްޓަރުންނަށް ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްދިޔުމަށް ހަމަޖެހިފައި 14 ރަށެއްގެ ސޯލާ ހަކަތައިގެ ނިޒާމެއް ގާއިމަކީ, އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ އެކްސެލެރޭޓިން ރިނިއުވަބަލް އެނާޖީ އިންޓްގްރޭޝަން އެންޑް ސަސްޓައިނަބަލް އެނާޖީ (އެރައިސް) ޕޮރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށެވެ.

އެގޮތުން މި ނިޒާމު ޤާއިމުކުރެވޭ ރަށްތަކަކީ:

1 ގއ. ވިލިނގިލި
2. ދ. ކުޑަހުވަދޫ
3. ށ. ފުނަދޫ
4. ޅ. ނައިފަރު
5. ލ. ފޮނަދޫ
6. ލ. ގަން
7. ލ. ހިތަދޫ
8. ލ. މާމެންދޫ
9. ލ. ކުނަހަންދޫ
10 ލ. މާބައިދޫ
11. ލ. ދަބިދޫ
12. ލ. މާވަށް
13. ލ. އިސްދޫ
14. ލ. ކަލައިދޫ

މި މަޝްރޫޢަށް ޕްރީ-ކޮލިފިކޭޝަނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 9 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރީންނެވެ.

މިއަހަރުން ފެށިގެން 5 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެރައިސް މަޝްރޫޢިން ޖުމްލަ 36 މެގަވޮޓް ސޯލަރ ޕީވީގެ ނިޒާމް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އޭގެ އިތުރުން 40 މެގޮވޮޓް އަވަރ ގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމާއި އެކު ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫޢުގެ ތެރެއިން ރާވާފައިވެއެވެ. އެގޮތުން ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝްން ކޭބަލް ހިމެނޭގޮތަށް ޖުމްލަ 100 ކިލޯމީޓަރުގެ ކޭބަލް އެޅުމަށްވަނީ ރާވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: