ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

241 ކޮމެޓީގެ އިންކުއަރީއަށް މިނިސްޓަރު އިމްރާން ހާޒިރުކޮށްފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ—
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސެކިއިުރިޓީ ފެއިލްވިގޮތުގެ އިންކުއަރީއަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ(241 ކޮމެޓީ) އަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

241 ކޮމިޓީއަށް މިހާތަނަށް ވަނީ ފުލުހުންނާއި ސިފައިންގެ އިސްވެރިން ވެސް ހާޒިރުކޮށް ސުވާލުކޮށްފަ އެެވެ. އެގޮތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ޑިރެކްޓަރ ޖެނެރަލް، ކައުންޓަރ ޓެރަރިޒަމް ސެންޓަރ، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ ޑިރެކްޓަރ ކައުންޓަރ ޓެރަރިޒަމް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް ހާޒިރުވެ ސުވާލުތަކަށް ޖަވާބު ދީފައިވެއެވެ. އަދި ރައީސް ނަޝީދުގެ ބޮޑީގާޑުންވެސް ހާޒިރުވެފައިވެއެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއްކަމަށާއި އެ ހަމަލާއަކީ ސީދާ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: