ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ލާދީނީ” ކިޔުން ހުއްޓުވާ ޕެޓިޝަންގައި ސޮއި ކުރަން ފަށައިފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު ތަނެއްގައި ވަކި މީހަކަށް ނިސްބަތްކޮށް ކާފަރެކޭ ބުނުމާއި ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

މިއީ “ހަސަން ކުރުސީ” ނަމަކަށް ކިޔާ މީހަކު ފަށާފައިވާ ޕެޓިޝަނެކެވެ.

އެ ޕެޓިޝަނުގައި އޭނާ ބުނެފައިވަނީ އެއީ މީހުންނަށް ލާދީނީ ކިޔުމާއި އަދި ކާފަރަށް ގޮވުން ހުއްޓުވުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅާ ޕެޓިޝަނެއް ކަމަށެވެ.

އޭނާ ބުނެފައިވަނީ މީހުން ލޭބަލް ކޮށް ވާހަކަ ދެއްކުމުގެ ސަބަބުން ފާއިތުވި 10 އަހަރުގެ ތެރޭގައި ލޭ އޮހޮރުވުން ހިނގައި އެތައް ބައެއްގެ ދިރިއުޅުން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.

އޮންލައިންކޮށް ސޮއި ހުށަހެޅޭ އެ ޕެޓިޝަންގެ ލިންކް ޚިއްސާ ކުރައްވަމުން ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެންމެން ވެސް ނަފުރަތު އުފެއްދުމަށް ޓަކައި މީހުންގެ ބޮލުގައި އެޅުން ޖިނާއީ ކުށަކަށް ހަދަން ތާއީދުކޮށް އެ ޕެޓިޝަންގައި ސޮއިކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

https://twitter.com/mohamednasheed/status/1406165666546155526?s=21

ނަފްރަތު އުފެއްދުން ހުއްޓުވުމަށް ކަމަށް ބުނެ ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އެވެ.

ކޮމިޓީގައި ބިލު އޮތް އިރު އެ ބިލަކީ އިސްލާމްދީނާ ދެކޮޅު ބިލެއްކަން ފާހަގަކޮށް ބައެއް އިލްމުވެރިން އަންނަނީ އެ ބިލު އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 69%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މާވެސް އެބިލައް ތާއީދުކުރަން ސަބަބު ލާދީނީވާހަކަ ދައްކާ ބައެއްގެ ސަބަބުން އެތަށްބައެއްގެ ފުރާނަގޮސްފައި ވާތީ ވީމާ ގާނޫނު ހަދާގެންވެސް ތިކަން ތައްހުޓއްޓުވަންޖެހޭ ކަމަށް ގަބޫލުކުރަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: