ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިޝްކާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅައިފި

ކޮވިޑު ބަލީގައި ނިޔާވި މިޝްކާ މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑުގައި ރާއްޖެ އިން މަރުވި އެންމެ ހަގު ކުއްޖާގެ ގޮތުގައި ރެކޯޑްކޮށްފައިވާ މިޝްކާ މުހައްމަދު މަރުވި މައްސަލާގައި ޖިނާއީ ތަހުގީގެއް ކުރިއަށް ގެންގޮސްދިނުމަށް އެޗްއާރްސީއެމް އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެޗްއާރްސީއެމްގެ ކޮމިޝަނަރު މޫމިނާ ވަހީދު ވިދާޅުވީ، ކޮވިޑް ޖެހިގެން މަރުވި މިޝްކާގެ މަރުގެ މައްސަލައިގައި ހެލްތް މިނިސްޓްރީން އާއްމުކުރި ރިޕޯޓް އަދި މިހާތަނަށް ރަސްމީކޮށް ލިބިފައިނުވާ ކަމަށެވެ.

މިޝްކާގެ މަރުގެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަން ވެސް ގެންދަނީ ބަލަމުންނެވެ.

މުއުމިނާ ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލައާއި ގުޅިގެން އެއްވެސް ތަހުގީގެއް ހިނގަމުންދޭތޯ ފުލުހުންނާ ސުވާލުކުރުމުން އެފަދަ ތަހުގީގެއް ހިނގަމުން ނުދާ ކަމަށް ބުނެފައިވާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް މިމަހުގެ 14 ވަނަ ދުވަހު ކޮމިޝަނުން ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.

މިޝްކާ މަރުވީ އެމެޖެންސީގައި ފަރުވާދެމުން ދަނިކޮށް މި މަހުގެ ދެ ވަނަ ދުވަހުގެ ރެއެވެ. މިޝްކާ ހޮސްޕިޓަލަށް ގެންދިޔައީ އޭގެ އެއް ރޭ ކުރިންނެވެ. އޭރު ވެސް މިޝްކާގެ ހާލު އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އާއިލާ އިންނާއި ހެލްތު މިނިސްޓްރީގެ ރިޕޯޓުން އެނގުނު ގޮތުގައި މިޝްކާ ބަލާ އެމްބިއުލާންސް އައީ ދެ ގަޑިއިރަށް ވުރެ ގިނަ އިރުވި ފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކެރަފާ ތަޙްގީގް ލަސްކުރަނީ ހެކި ނައްތާލަންވެގެން…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: