ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުން ބޭނުންފުޅުވަނީ ރައީސްގެ ދިރިއުޅުއްވުން ތީމުގެއަށް ބަދަލުކުރުމަށް!

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވުމަށް ޚާއްސަކޮށްފައިވާ ގެކޮޅަކީ ތީމުގެ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދިރިއުޅުއްވާނޭ ގެކޮޅަކަށް ތީމުގެ ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ގޮވާލައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ވަކި ގެކޮޅެއް ހަމަޖެއްސެވުމަށް ކުރެވުނު ބަހުސްގައި ވާހަކަދައްކަވަމުން މެމްބަރުން ވިދާޅުވީ ރައީސަަކު ދިރިއުޅުއްވުމަށް އެންމެ އެކަށީގެންވާ ގެއަކީ ތީމުގެ ކަމަށެވެ. ތީމުގެއަކީ ސަަލާމަތީ ފިޔަވަޅުތަކާއެކު ދައުލަތުގެ ހަރަދުގައި އިމާރާތް ކުރެވުނު، ރައީސަކު އުޅުމަށް އެންމެ އެކަށީގެންވާ ގެކޮޅުކަމަށް މެމްބަރުން ފާހަގަކުރެއްވި އެވެ.

ތީމުގެ އިމާރާތްކުރި ދުވަސްވަރު، ފާޑުކިޔުންތަކެއް ހުރިނަމަވެސް މިހާރު މިއީ ކިހާ މުހިންމުކަމެއްކަން މިވަނީ ހާމަވެފައި ކަމަށާއި އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ވަރަށް ރަނގަޅު މަސައްކަތެއްކަަމަށް އެމްޑީޕީ މެމްބަރުން ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައީސްގެ ސެކިޔުރިޓީ ކަންކަން ބަލަހައްޓަވަމުން ގެންދަވާ ބޭފުޅުންނާއި ދިފާއީ ބާރުތަކުން ގުޅިގެން ރައީސް ސޯލިހު ދިރިއުޅުއްވާ ގެކޮޅެއްގެ ގޮތުގައި ތީމުގެ ހަމަޖައްސަވަން ޖެހޭކަމަށް މެމްބަރުން ވިދާޅުވިއެވެ.

ތީމުގެ އަކީ ރައީސުން ދިރިއުޅުއްވަން ހަމަޖެއްސެވި ގެކޮޅު ނަމަވެސް، މިވަގުތު ތީމުގެއަކީ ސުޕްރީމް ކޯޓު ހުންނަ އިމާރާތެވެ. މިކަން ފާހަގަކުރައްވައި މެމްބަރުން ވަނީ ސުޕްރީމް ކޯޓު އެކަށީގެންވާ އެހެން އިމާރާތަކަށްް ބަދަލުކުރުމަށްފަހު ތީމުގޭގައި ރައީސް ދިރިއުޅުއްވުމަށް އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށެވެ.

މެމްބަރުންގެ ވާހަކައިގައި، މީގެކުރިން އިންޒާރެއް އައުމުން އަޅާނުލައި ދޫކޮށްލިނަމަވެސް މިހާރު އެކަންކަން ދޫކޮށްލެވެން ނެތްކަން ފާހަގަކުރެއްވިއެވެ. އަދި އާއިލާއަށާއި ދަރިންނަށްވެސް އިންޒާރު އަންނަމުންދާ ކަމަށާއި މިފަދަ އިންޒާރުތަކަކީ އަންނަ ރުޅީގައި ހަމައެކަނި ބުނެލާ ބަހެއްކަމަށް ބަލައި، ފުއްދާލެވެން ނެތްކަމަށް މެމްބަރުން ވިދާޅުވިއެވެ. އެހެންކަމުން، މިވަގުތު ނުރައްކާ އޮތީ އާންމު މީހާއަށް އެކަނި ނޫން ކަން ހާމަވެފައިވާ ކަމަށް މެމްބަރުން ވިދާޅުވިއެވެ. ރާއްޖޭގެ ވެރިކަމުގެ އެންމެ މަތީ ބާރުތަކަށް އެންމެ ހައި ސެކިޔުރިޓީ ދޭންޖެހޭކަން މިހާރު ހާމަވާ ކަމަށާއ ހައި ސެކިޔުރިޓީ ފޯރުކޮށްދޭ ބޭފުޅުންނަށްވެސް ނުރައްކާ ބޮޑުކަން ހާމަވާކަމަށް މެމްބަރުން ވިދާޅުވިއެވެ. އަދި ރައީސަކު ދިރިއުޅުއްވުމަށް މުލިޔާގެއަކީ އެންމެ ސެކިޔުރިޓީ ރަނގަޅު ތަންކަމަށް ނުބުނެވޭނެކަމަށް މެމްބަރުން ވިދާޅުވިއެވެ.

މީގެ ކުރިންވެސް، މަޖިލިސް މެމްބަރުންނަށް ހަމަލާވެސް އައިސްފައި އެބަހުރިކަމަށާއި އެފަދަ މައްސަލަތައް ނުބެލި ދިގުލައިގެން ދިޔުމަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި މެމްބަރުން ފާހަގަކުރެއްވިއެވެ. މިހާރުވެސް މަޖިލިސް މެމްބަރުން ޚާއްސަ އެލަވަންސްތަކެއް ދޭ ކަމަށާއި އެހެންނަމަވެސް ފުރަތަމަ ކުރާ ހަރަދު ބޮޑުވި ނަމަވެސް، ފަހުން ކުރަންޖެހޭ ހަރަދު ކުޑަވާނެކަމަށް ބަަލައި ނުރައްކާ އޮންނަ ކަމަށް ބެލެވޭ މެމްބަރުންނަށް ޚާއްސަ އެކޮމޮޑޭޝަންތަކެއް ހަމަޖެއްސުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ބައެއް މެމްބަރުން ފާހަގަކުރެއްވިއެވެ.

ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ދެއްކެވި ވާހަކައިގައި، މިމައްސަލައާއިމެދު ފިނޭންސް މިނިސްޓްރީއާއި މަޝްވަރާކޮށް މިކަންކަމަށް ހަރަދުކުރަން ތިއްބެވި ބޭފުޅުންނާއި މަޝްވަރާކޮށް ދައުލަތަށް ލުއިގޮތެއް ހޯދުން މުހިންމުކަމުގައި ވިދާޅުވެފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މިވަގުތު އުޅުއްވަމުން ގެންދަވާ ގެކޮޅަކީ ސެކިޔުރިޓީގެ ގޮތުން ބަލާއިރު އެންމެ ރަނގަޅު ތަން ނޫން ކަމަށާއި ތީމުގެއަށް ރައީސްގެ ދިރިއުޅުއްވުން ބަދަލުކުރުމަށް މެމްބަރުން ވަނީ ހުށައަޅާފައެވެ.

 

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: