ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ބާރުގެ ވެރިން ދިރިއުޅުއްވާނެ ރަސްމީ ތަނެއް ހަމަޖެއްސުމަށް މަޖިލީހުން ފާސްކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް(މ) ރައީސް މުހައްމަދު ނަޝީދު(ކ) އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން - ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ހާއްސަ ކޮށްފައިވާ ރަސްމީ ތަނެއް ހަމަޖެއްސުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި މަޖިލީހުގެ އިމްތިޔާޒުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރީ 56 މެމްބަރުންގެ ވޯޓުންނެވެ.

މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ހުށަހެޅުއްވި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރީ 56 މެމްބަރުންގެ ވޯޓުންނެވެ.

ގާނޫނުތަކަށް ގެނައި އިސްލާހުގައިވަނީ މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރާއި ދެ ބޭފުޅުންގެ ގެކޮޅުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ އެމްއެންޑީއެފުން ކަމުގައެވެ. އެ ދެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށް މިހާރު ވެސް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދެނީ ސިފައިންނެވެ.

އިސްލާހުގައި ވަނީ ސުޕްރީމް ކޯޓުން އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މުވައްޒަފުން ހަމަޖައްސަން ވާނެ ކަމާއި މަޖިލީހުގެ ރައީސްގެ ގެކޮޅަށް މަޖިލީހުގެ އިދާރާއިން މުވައްޒަފުން ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އާއިލާގެ ގޮތުގައި ބިލްގައި ބަލާފައިވަނީ އެ ބޭފުޅެއްގެ އަނބިކަނބަލުން ނޫނީ ފިރިކަލުންނާއި، މަންމަ އާއި ބައްޕަ އަދި 18 އަހަރު ނުފުރޭ ދަރިންނެވެ. އަށާރަ އަހަރުން މަތީގެ ދަރިންގެ ތެރެއިން ކައިވެނިކޮށްގެން ނޫޅޭ ދަރިންނާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިން ވެސް އާއިލާގެ ތެރޭގައި ހިމަނާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: