ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑެޕިއުޓީ މޭޔަރު ހޮވުމުގައި އެއްވެސް ނުފޫޒެއް ނެތް: ޕީޕީއެމް

މާފަންނު މެދު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް ގެނައުމަށް އެއްވެސް ނުފޫޒެއް ނެތް ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޑެޕިއުޓީ މޭޔަރު ކަނޑައެޅުމުގެ ކަންކަން ކުރިއަށް ދިޔައީ ޕާޓީން ނެރެފައިވާ ސާކިއުލާއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން އެކަކަށް ވުރެ ގިނަ ބޭފުޅުން ޝައުގުވެރިވުމުން އިއްޔެ ކައުންސިލު މެމްބަރުންގެ މެދުގައި އިންތިހާބެއް ބޭއްވި ކަމަށާއި މިކަމުގައި އެއްވެސް ނުފޫޒެއް ނެތް ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ފަރާތުން ނަރީޝް ޑެޕިއުޓީ މޭޔަރަކަށް ގެންނަން ނިންމީ އެޕާޓީގެ ކައުންސިލް މެމްބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ. މި ވޯޓުގައި 13 ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވި އިރު މާލެ ސިޓީ ކައުންސިލްގައި ތިއްބަވާ ޕީޕީއެމްގެ ތިން ކައުންސިލަރެއް މި މަގާމަށް ވާދަކުރެއްވިއެވެ. އެއީ ނަރީޝްގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު އާއި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: