ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭ ބަންދުގައި އިންނެވިޔަސް ރައީސް ޔާމީން ސިޔާސީ ހަރަކާތެއް ނުހިންގަވާ: ވަކީލުން

ޑރ މުހައްމަދު ޖަމީލާއި ކުރީގެ ރައީސް އބްދުﷲ ޔާމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ފަސް އަހަރުގެ ޖަލު ހުކުމެއް ގޭ ބަންދުގައި ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތައް ހިންގަވާ ކަމަށް ބުނެ މީޑިއާގައި ފެތުރުނު ހަބަރެއް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ދޮގު ކޮށްފި އެވެ.

ޔާމީންގެ ވަކީލުން މިހެން ވިދާޅުވެފައިވަނީ ގޭގައި ހުންނަވައިގެން ޔާމީން ސިޔާސީ ހަރަކާތް ހިންގަވަމުން ގެންދަވާ ކަމަށް ބުނެ ނޫހެއްގައި ޝާއިރު ކޮށްފައިވާ ހަބަރަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

އެގޮތުން އެ ބަޔާނުގައި ބުނީ ޔާމީން ގޭގައި ހުންނަވައިގެން ސިޔާސީ ހަރަކާތް ހިންގަވާ ކަމަށް ބުނެ އެ ހަބަރުގައި ލިޔެފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އެގޮތުން ޔާމީން ގެއަށް ބަދަލު ކުރެވުނުއިރު، ފޯނު ބޭނުން ކުރުމުގެ ހުއްދަ ކަރެކްޝަންސް އިން ދެއްވާފައިވީ ނަމަވެސް ޕީޕީއެމްގެ ވަޓްސްއެޕް، ވައިބާ، ގްރޫޕްތައް ފަދަ ގްރޫޕްތައް ބޭނުން ކުރުމުގެ ހުއްދައަކަށް އެދި ކަރެކްޝަންސް އަށް ހުށަހެޅުމުން އެފަދަ ހުއްދައެއް ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ކަރެކްޝަންސް އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު އެއްވެސް އަމަލެއް ޔާމީން ކުރައްވާފައި ނުވާ ކަމަށާއި ޕީޕީއެމްގެ ލީޑަޝިޕް ގްރޫޕްތަކާއި ޕާޓީގެ ކައުންސިލް ގްރޫޕްތަކުގެ އިތުރުން އެ ނޫން ވެސް އެފަދަ އެއްވެސް ގްރޫޕެއްގައި ޔާމީން މުއާމަލާތް ކުރައްވާފައި ނުވާ ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.

އަދި އެ ހަބަރަކީ ފިތުނަ އުފެއްދުމުގެ މަގުސަދުގައި ލިޔެފައިވާ ދޮގު ހަބަރެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ވަކީލުން ވިދާޅުވިއެވެ. އަދި ޔާމީންއާ ގުޅޭގޮތުން ދޮގު ހަބަރުތައް ނުފެތުރުމަށް ނަސޭހަތްތެރިވާ ކަމަށާއި، އެފަދަ ކަންކަން ކުރާ ފަރާތްތަކާ ދޭތެރޭ ގާނޫނީ ފިޔަވަޅު އެޅުމުގައި ފަސް ނުޖެހޭނެ ކަމަށްވެސް ވަކީލުން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: