ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި އިހުމާލުވި ފަރާތްތައް ހޯދުމަށް އިދިކޮޅުން ގޮވާލައިފި

އިދިކޮޅުން ޕީޕީއެމް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރަހީނުކުރުމަށް ފަހު، މަރާލި 13 އަހަރުގެ ކުޑަކުއްޖާގެ ޢާއިލާއަށް ނަފްސާނީ ގޮތުން ކުރިމަތިވަމުންއަންނަ އުނދަގޫތަކަށް ފަރުވާ ދިނުން އަވަސް ކުރުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ 2021 ޖޫން 22 ވީ އަންގާރަ ދުވަހުގެ އިރު އަރައިގެން އައީ މުޅި ޤައުމު ބިރުވެރިކަމުން ފުރިގެން ދާ ވަރުގެ ޚަބަރަކާއެކު ކަމަށެވެ. އަދި އެއީ 13 އަހަރުގެ ކުޑަ ކުޑަ ކުއްޖަކު ރަހީނު ކުރުމަށް ފަހު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު މޫދަށް އެލައްލާފައި އޮއްވާ ފެނުނު ޚަބަރަކާއެކު ކަމަށެވެ.

ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަނިޔާވެރި އަދި ލާއިންސާނީ ޢަމަލު ހިންގި ފަރާތްތަކުން މިޢަމަލު ހިންގާފައިވާ ސަބަބާއި، އެ ކުއްޖާ ގެއްލިގެން ރިޕޯޓް ކުރުމާއެކު، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އެ ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ މުޙިންމު ކަމެއް ކަމުގައި މިކޯލިޝަނުން ޤަބޫލުކުރާ ކަމަށެވެ.

“ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކުރެވިފައިވާ ޒިންމާއެއް ކަމަށް ވީހިނދު، ޤައުމުގައި ހިނގާ މިފަދަ ބިރުވެރި ލާއިންސާނީ ޢަމަލުތައް ހިނގުމަށް މެދުވެރިވަމުން މިދަނީ ދައުލަތުގެ އެންމެ އިސް ވެރިޔާ އާއި ހިސާބުން ފެށިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އުފައްދާފައިވާ ދައުލަތުގެ މުއައްސަސާތަކުން އުފުލަން ޖެހޭ ޒިންމާތަކަށް އިހުމާލުވެ، ފަރުވާ ކުޑަ ކުރެވޭތީ ކަމުގައި ދެކެމެވެ.” އެ ކޯލިޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުގެ ބަޔާނުގައި އިތުރަށް ބުނީ ރައީސުލްޖުމްހޫރިއްޔާއާއި، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ޒިންމާ އިން ރެކުމަށް އިތުރު ބަހަނާތައް ދެއްކުމެއް ނެތި، މިފަދަ ކަންކަމަށް ދެވޭ ސަމާލުކަން އިތުރުކޮށް، މި އަނިޔާވެރި ޢަމަލު ހިންގުމުގައި ބައިވެރިވި އެންމެން ހޯދާ އެ ފަރާތްތަކަށް ޙައްޤު އަދަބު ދިނުން އަވަސް ކުރުމަށް ގޮވާލާ ކަމަށެވެ.

މިޢަމަލު ގެ ފަހަތުގައި ވާ ހުރިހާ ކަމެއްގެ ޙަޤީޤަތް ހޯދާ، ރައްޔިތުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: