ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

13 އަހަރުގެ ކުއްޖާގެ މަރު: ހައްޔަރުކުރި 27 އަހަރުގެ މީހާއަށް ޖިންސީ ގޯނާގެ ތުހުމަތު

ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލާފައި އޮތްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މައްސަލާގައި ހައްޔަރުކުރި 27 އަހަރުގެ މީހާއަށް ޖިންްސީ ގޯނާގެ ތުހުމަތު ކޮށްފިއެވެ.

ކުޑަކުއްޖާ މަރުވެފައި އޮއްވައި ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓެއް މިދިޔަ އާދިއްތަ ދުވަހު ލިބުމާ ގުޅިގެން އެ ކުއްޖާ ހޯދަމުން ދަނިކޮށް، ފެނިފައިވަނީ ހުޅުމާލެ ފޭސް 2 ގެ މޫދުތެރެއިން ފޮށްޓަކަށް ލާފައި އޮއްވާ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން މިހާރު ވަނީ ނިންމާފައެވެ. 

އެ ކުއްޖާ މަރާލި މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން އާއި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭގެ ތެރެއިން ޒިހާންގެ ޝަރީއަތް ނިމެންދެން ބަންދު ކުރި އިރު، ހައްޔަރު ކުރި ކުޑަ ކުއްޖާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

ޒިހާނަށް ވަނީ ގަސްދުގައި މީހަކު މެރުން، މާރާމާރީ ހިންގުން، ރަހީނު ކުރުން އަދި ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.

އެ މަރާ ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ވަރަށް ހާއްސަ މައްސަލައެއްގެ ގޮތުގައި ކަމަށާއި އެގޮތުން ދެ މީހަކު ހައްޔަރުކުރެވި ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް މިހާރު ވެސް ހޯދިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

މީގެއިތުރުން ފުލުހުން ވަނީ މި ހާދިސާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ހުރިނަމަ އެކަމެއް ހިއްސާކޮށް ދިނުމަށް ވެސް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: