ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

13 އަހަރުގެ ކުއްޖާ މަރާލި މައްސަލައިގަ މަޖިލީހަށް ކުއްލި މައްސަލައެއް

މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން—
ޝެއާރކޮށްލާ ކަހަލަދޯ؟

ރަހީނުކޮށް މަރާލި 13 އަހަރުގެ ކުޑަ ކުއްޖާގެ މައްސަލައިގަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން މިއަދު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން 44 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ފިރުޝާންގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ، 13 އަހަރުގެ ކުއްޖާ އަކީ ޖެންޑާ މިނިސްޓްރީން އެހީތެރިކަން ފޯރު ކޮށްދެމުން އައި ކުއްޖަކަށް ވެފައި އެކަމުގައި އިހުމާލެއްވޭތޯ ބަލަންޖެހޭކަމަށެވެ.

އަދި އެފަދަ މައްސަލަތަކުގެ އަސްލު ދެނެގަނެ އެކަންކަން ނުހިނގާނެ ގޮތަށް ކަންތައްތައް ރާވަންޖެހޭކަމަށާއި، އަދި ވީހާވެސް އަވަހަށް ކުއްޖާއަށް އިންސާފު ހޯދައިދޭން ޖެހޭކަމަށެވެ.

މި މައްސަލާގައި އުމުރުން 17 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

17 އަހަރުގެ ކުއްޖާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހިއިރު، 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: