ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިސާން ދަންޖައްސަން ޖެހޭކަމަށް ބުނި މައްސަލައިގައި ސިޔާމަށް ނަސޭހަތްދީފި

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް-
ޝެއާރކޮށްލާ ކަހަލަދޯ؟

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ދަން ޖައްސަންޖެހޭ ކަމަށް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ބުނި މައްސަލައިގައި ސިޔާމަށް ނަސޭހަތް ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ކަރާމާތާއި ގަދަރާއި އަބުރު ދެމެހެއްޓޭނެހެން މެމްބަރުންގެ އަމަލުތައް ބެހެއްޓުމަށް، ސިޔާމް ދެއްކެވި ފަދަ ވާހަކަތަކެއް ތަކުރާރު ނުކުރެއްވުމަށް މީދޫ ދާއިރާގެ މެމްބަރު ސިޔާމަށް ނަސޭހަތްތެރިވާން ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން މައްސަލަ ބެލުމަށްފަހު ނިންމި ގޮތް ލިޔުމަކުން މެންބަރަށް ފޮނުވާނެ ކަމުގައި ވެސް އީވާ ވިދާޅުވި އެވެ.

ހިސާނަށް ހަޑިހުތުރު ބަހުން ސިޔާމް މުހާތަބު ކޮށްފައިވަނީ ޖޫން 6 ވަނަ ދުވަހު 241 ކޮމިޓީގެ ބައްދަލުވުން ނިމުނު ވަގުތުއެވެ. އަދި އޭގެފަހުން ހިސާން ދަންޖައްސަން ޖެހޭކަމަށް ސިޔާމް ބުނި މައްސަލަ ހިސާންގެ ފަރާތުން މަޖިލީހުގެ ރިޔާސަތަށް ހުށަހެޅުމުން ރިޔާސަތުން ވަނީ އެ މައްސަލަ އިމްތިޔާޒް ކޮމިޓީއަށާއި ފުލުހަށް އަދި ޑިފެންސް މިނިސްޓްރީއަށް ހުށަހަަޅާފައެވެ.

އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ބެލުމަށްފަހު ނިންމާފައިވަނީ ސިޔާމް ހިސާންގެ ކިބަިއން މާފަށް އެދުމަށާއި، ސިޔާމަށް ނަސޭހަތްތެރިވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: