ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރިތަކަށް “ކޮވިޑް19 ރިކަވަރީ އިކޮނޮމިކް ސްޓިމިއުލަސް” ގެ ދެ ލޯން ސްކީމެއް!

ކޮވިޑް-19އާއި ގުޅިގެން ސަރުކާރުން ވަނީ ދެ ލޯން ސްކީމެއް ތައާރަފްކޮށްަފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ “ކޮވިޑް-19 ރިކަވަރީ އިކޮނޮމިކް ސްޓިމިއުލަސް ސްކީމް” ގެ ދަށުން ވިޔަފާރިތަކަށް ޚާއްސަކޮށް ދެ ލޯނު ސްކީމެއް ތައާރަފުކޮށްފި އެވެ.

މިދެ ލޯން ސްކީމަކީ ވެސް ކޮވިޑް-19 އިކޮނޮމިކް ސްޓިމިޔުލަސް ލޯން އަދި ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިޔުލަސް ލޯނެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި ލޯނު ސްކީމުގެ ދަށުން، ކޮވިޑު-19 ގައި ގެއްލުންވަމުން ދިޔަ ވިޔަފާރިތަކަށް އާ ދިރުމެއް އަންނާނެ ކަމަށެވެ.

ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯންގެ ދަށުން އެއްވެސް ރަހުނަކާ ނުލައި، ކުޑަ އިންޓްރެސްޓް ރޭޓެއްގައި 10 މިލިއަން ރުފިޔާ ލިބޭނެ އެވެ. ފިނޭންސް މިނިސްޓްރީން އަލަށް ތައާރަފުކުރި އިކޮނޮމިކް ސްޓިމިއުލަސް ލޯނަކީ ހުރިހާ ގޮތަކުން ވެސް ލުއި ލޯނެއްކަމަށާއި “ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނު” ގެ ނަމުގައި އެސް.އެމް.އީ ތަކަށް އެހީތެރިވާނެ ޕެކޭޖްތަކެއް މި ލޯނުގެ ދަށުން ދޫކުރާނެކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުންޏެވެ.

އިކޮނޮމިކް ސްޓިމިޔުލަސް ލޯނަށް ފިނޭންސް މިނިސްޓްރީން ވަނީ 20 މިލިއަން ޔޫރޯ ވަނީ ޚާއްޞަކޮށްފައެވެ. މި ސްކީމްގެ ދަށުން އެންމެ ގިނަވެގެން ދޫކުރާނީ ކޮންމެ ފަރާތަކަށް ގިނަވެގެން 10 މިލިއަން ރުފިޔާއެވެ. ލޯނަށް ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށްވެސް 10 މިލިއަން ރުފިޔާއާ ހަމައަށް އެއް އެޕްލިކޭޝަނަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހެޅިދާނެކަމަށް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

އިކޮނޮމިކް ސްޓިމިއުލަސް ލޯނު އަނބުރާ ދެއްކުމަށް ލިބޭ އެންމެ ދިގު މުއްދަތަކީ 12 މަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން 04 އަހަރެވެ. މި ސްކީމްގެ ދަށުން ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ 6 އިންސައްތަ އެވެ.

ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިޔުލަސް ލޯނަކީ ކޮވިޑް–19 ގެ ޙާލާތާ ގުޅިގެން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އިކޮނޮމިކް މިނިސްޓްރީ އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ގުޅިގެން އެކުލަވާލާފައިވާ ލޯނެކެވެ. މި ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ މިހާރު ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން ކެފޭ/ރެސްޓޯރަންޓް، ޖިމް، ސެލޫން އަދި ގެސްޓްހައުސް ވިޔަފާރި ހިންގާ ފަރާތްތަކަށެވެ. މި ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް ކަނޑައެޅިފައިވާ މައިގަނޑު 3 ޕެކޭޖެއް ހިމެނެ އެވެ. އެއީ:-

  • ސްޓިމިއުލަސް ޕެކޭޖް 1: ހިނގަމުންދާ ޕްރޮޖެކްޓްތައް ނިންމުމަށް
  • ސްޓިމިއުލަސް ޕެކޭޖް 2: ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާގެ އެހީ
  • ސްޓިމިއުލަސް ޕެކޭޖް 3: ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ފުޅާކުރުމާއި، ލޯނު ނުހިމެނޭ ގޮތަށް ވިޔަފާރިއާ ގުޅޭ ފަންނީ ލަފާ ދިނުން

މިލޯނު އަނބުރާ ދައްކަން 5 އަހަރާއި 8 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. ގްރޭސް ޕީރިއަޑްގެ ގޮތުގައި 12 މަހާއި 24 މަސް ދުވަހުގެ މުއްދަތެއް ލިބޭއިރު ލޯނު ނެގުމަށް ރަހުނެއް ބޭނުމެއް ނުވާނެ އެވެ.

2020 ވަނަ އަހަރު އިޤްތިޞާދު ގާތްގަނޑަކަށް %34 ދަށަށް ވަނީ ގޮސްފަ އެވެ. އަދި ސަރުކާރުން އަންދާޒާ ކުރި އާމްދަނީ ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާ ދަށަށް ގޮސްފައި ވެއެވެ. 2021 ވަނަ އަހަރު ވެސް އާމްދަނީއަށް ވަރަށް ބޮޑު ލޮޅުންތަކެއް އައިސް، ސަރުކާރުން ދަނީ ސިއްހީ ދާއިރާއާއި، އިކޮނޮމިކް އަދި ސޯޝަލް ދާއިރާއަށް ވެސް ރިލީފް ޕެކެޖްތަކެއް ދެމުންނެވެ.

މީގެ ބޭނުމަކީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އަދި އާންމު ފަރުދުންގެ ދިރުއުޅުމަށް އަންނަ ލޮޅުންތަކަށް ސަރުކާރުން އެހީތެރިވެ ދިނުންކަމަށް އިކޮނޮމިކް މިނިސްޓްރީއިން ހާމަކުރެއެވެ. މިހާތަނަށް 2020 ވަނަ އަހަރުން ފެށިގެން އެކިއެކި ގޮތްގޮތުން، ވިޔަފާރިތަކަށްވެސް އަމިއްލަ ފަރުދުންނަށްވެސް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އަދި އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ގާތްގަނޑަކަށް 1.7 ބިލިއަން ރުފިޔާގެ ރިލީފް ލޯންތަކެއް ދޫކޮށްފައިވާކަމަށް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: