ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްވިޓާރ ގަތުމަށް ފަހު، ބައެއް ވަޒީފާތައް އުނިކޮށްފާނެކަމަށް އީލޮން މަސްކު އިޝާރާތްކޮށްފި

އީލޮން މަސްކު: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އީލޮން މަސްކު ޓްވިޓާރ ގަތުމަށް ކުރާ މަސައްކަތްތައް ކާމިޔާބުވެއްޖެނަމަ، އެ ކުންފުނީގެ ބައެއް ވަޒީފާތައް އުނިކޮށްފާނެކަމަށް އިޝާރާތްތަކެއް ކޮށްފިއެވެ.

ޓްވިޓާރގެ މުއައްޒިފުންނާއި އެކު، މަލްޓި ބިލިއަނަރު، އީލޮން މަސްކު ބޭއްވި ބައްދަލުވުމެއްގައި، އެނާ ފާހަގަކުރީ، ޓްވިޓާރއަށްވާ ފައިދާއަށްވުރެ އެކުންފުނީގެ ހަރަދުތައް ބޮޑުވެފައިވާކަމަށެވެ. އަދި ވީޑިއޯ ކޯލެއްގެ ތެރެއިން، އެނާ ބުނީ، ޓްވިޓަރގެ މުއައްޒިފުންގެ ވަޒީފާތައް ބަރޯސާވެފައިވަނީ، އެ ކުންފުނީގެ މާލީ ހާލަތައް ކަމަށެވެ.

35.8 ބިލިއަން ޔޫރޯއަށް ޓްވިޓާރގެ ބާރުތައް ހޯދުމަށް މަސައްކަތް ކުރަމުން ދާ މަލްޓިބިލިއަނަރު އީލޮން މަސްކް، އެ ކުންފުނީގެ ވަޒީފާތަކާއި މެދި އިތުރަށް ވާހަކަދައްކަމުން ބުނެފައިވަނީ، ކުންފުންޔަށް ފާހަގަކުރެވޭވަރުގެ މުހިއްމު މަސައްކަތަކެއް ކުރަމުންދާ އެއްވެސް މުއައްޒިފަކު ވިސްނަން ޖެހޭވަރު ކަމެއް ނެތްކަމަށެވެ. މިކަމާއި ގުޅިގެން އިތުރު ވާހަކަތަކެއް އީލޮން މަސްކު ދައްކާފައި ނުވާއިރު، އެކުންފުނީގެ މުއައްޒަފުންވަނީ، އެނާގެ ހިޔާލުތަކާއި މެދު ކަންބޮޑުވުން ފާޅުކޮށް އެތެރޭގެ ކޮމިއުނިކޭޝަންސް ޗެނަލްއެއްގައި ވާހަކަދައްކާފައިއެވެ.

ޓްވިޓާރގެ ހިއްސާއެއްގެ އަދަދު 37.84 ޑޮލަރަށް ކަނޑައެޅިފައިވާއިރު، އެކުންފުނީގެ ހިއްސާތައް ގަތުމަށް އީލޮން މަސްކު ކިޔާފައިވާ އަގަކީ 54.20 ޑޮލަރެވެ. މިއީ ހިއްސާއަކަށް ކަނޑައެޅިފައިވާ އަގަށްވުރެ 16.84 ޑޮލަރު އިތުރަށެވެ. އެހެންނަމެސް އަގު ކިޔުމަށް ފަހު އެނާ ބުނެފައިވަނީ، އެނާ އެ އެއްބަސްވުމާއިގެން ކުރިއަށްދާނީ، ފޭކް އެކައުންޓުތަކާއި ބެހޭ ޑާޓާތައް ލިބިގެންކަމަށެވެ. އަދި ޓްވިޓަރ އިން އެނާ އެކުންފުނީގެ ޑާޓާ ބޭސްއާއި ގުޅޭގޮތުން ދިރާސާކުރުމަށް ހުރަސްތަކެއް އަޅާފައިވާކަމަށް ބުނެވެސް އެނާ އެއްބަސްވުން ދޫކޮށްލާނެކަމަށް އިންޒާރުތަކެއް ދީފައިވެއެވެ.

ޓްވީޓަރއިން އެނާއަށް ހުރަސްތަކެއް އަޅާފައިވާކަމަށް ބުނެ، އީލޮން މަސްކުވަނީ، ކަމާއި ބެހޭ ފަރާތްތަކަށް ރަސްމީ ސިޓީއެއްވެސް ފޮނުވާފައިއެވެ. އަދި އެނާއަށް އެނާ ކުންފުންޔާއި ގުޅޭ ގޮތުން ދިރާސާތައް ކުރެވެން ޖެހޭކަމަށްވެސް ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ޓްވިޓަރ ގަތުމަށް އީލޮން މަސްކް ނިންމާފައިވާ ނިންމުން ވަގުތީ ގޮތުން މަޑުޖައްސާލެވިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: