ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލްމޫން ރިސޯޓާއި ޑަބްލިއު މޯލްޑިވްސް ވިއްކާލައިފި

ޑަބްލިއު ރިސޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނިވާސަލް އެންޓަރޕްރައިސަސްގެ ހިއްސާ އޮތް ދެ ރިސޯޓެއް ކަމުގައިވާ ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓާއި ޑަބްލިއު މޯލްޑިވްސް ވިއްކާލައިފިއެވެ.

ޕްރޮޕަޓީ ވިއްކުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރާ ރިއަލް އެސްޓޭޓް ކުންފުނި ޖޭއެލްއެލް އިން ނެރުނު ބަޔާނުގައިވާ ގޮތުން އެ ދެރިސޯޓް ވިއްކާލުމާ އެކު ރާއްޖޭގައި ހިންގާފައިވާ ޓްރާންސެކްޝަންގެ އަދަދު ވަނީ ދެ ބިލިއަން ޑޮލަރަށް އަރައިފައެވެ.

ޔުނިވަރސަލްގެ އިތުރުން އެދެ ރިސޯޓް އޮންނަނީ ދުނިޔޭގެ އެންމެ މަޝްހޫރު ހޮޓެލް ޗެއިން މެރިއޮޓްގެ އެވެ.

އެ ދެރިސޯޓް ވިއްކާލި އަގު ހާމަކޮށްފައި ނުވި ނަމަވެސް އެ ދެ ރިސޯޓް ވިއްކާލި އަގު 200 މިލިއަން ޑޮލަރާ ގާތްކުރެއެވެ. އަދި އެ ދެ ރިސޯޓް ވިއްކާލީ އެމެރިކާގެ ޕްރައިވެޓް އިއުއިޓީ ކުންފުންޏަކަށެވެ.

ޖޭއެލްއެލް އިން ބުނީ މިއީ މިހާތަނަށް ރާއްޖޭގައި ހިންގި ވިޔަފާރީގެ އެންމެ ބޮޑު އެއް މުއާމަލާތް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ކުންފުންޏެއްގެ ދެ ރިސޯޓެއް ވިއްކާލި ފުރަތަމަ ފަހަރު ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

ޖޭއެލްއެލް އިން ބުނީ އެ ދެ ރިސޯޓް ވިއްކާލުމުން، ރިސޯޓް ހިންގާ މެރިއޮޓަށް ވަރަށް ބޮޑު ފައިދާއެއް ވާނެ ކަމަށެވެ.

ރާއްޖޭގައި ގިނަ ރިސޯޓް ވިއްކާފައިވާ ޖޭއެލްއެލް އިން މީގެ ކުރިން ރާއްޖޭގައި ވިޔަފާރީގެ މުއާމަލާތްތައް ހިންގާފައިވަނީ  2019 ވަނަ އަހަރު ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް އަދި އަނަންތަރާ ދިގު ވެލި އަދި ނަލަދޫ ވިއްކާލުމުގައި އެހީތެރިވެދީފައެވެ.

މީގެ އިތުރުން 2015 ވަނަ އަހަރު އެ ކުންފުނި މެދުވެރިކޮށް ޝެވަލް ބްލޭންކް ރަންދެލި ވަނީ ވިއްކާލައިފައެވެ.

ރިއަލް އެސްޓޭޓް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ޖޭއެލްއެލްގެ އާމްދަނީ މިދިޔަ އަހަރު 19 ބިލިއަން ޑޮލަރަށް ވަނީ އަރައިފައެވެ. އެ ކުންފުނީގެ ފައިދާ 950 މިލިއަން ޑޮލަރުގައި ހުރި އިރު ދުނިޔޭގެ އެކި ހިސާބުތަކުގެ ޕްރޮޕަޓީތައް ވިއްކުމުގައި އެކުންފުނިން ވަނީ ހަރަކާތް ތެރިވެފައެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: